ދިވެހިރާއްޖެ
މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެން ކުރި ނަންބަރު: GS-119/2015/I-13 އިޢުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކުރި ފަރާތްތައް މަދުކަމުން އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ސްޓާފް ފާޚާނާއެއް
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މަޢުލޫމާތު ސާފުކުރައްވައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
- މަޢުލޫމާތު ސާފުކުރުން:
31 މޭ 2015 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ލަންދޫ ސްކޫލުގެ އޮފީސްރޫމްގައި.
- އަންދާސީހިސާބު ހުށަހެޅުން:
4 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ލަންދޫ ސްކޫލުގެ އޮފީސްރޫމްގައި.
- އަންދާސީހިސާބު އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:
# |
ޕޮއިންޓް ދިނުމުގައި ބެލެވޭނެ ކަންތައް |
ޕޮއިންޓް |
1 |
މަސައްކަތުގެ އަގަށް |
70 |
2 |
މަސައްކަތުގެ މުއްދަތަށް |
10 |
3 |
މާލީ ތަނަވަސްކަމާއި ޤާބިލުކަމަށް |
10 |
4 |
މަސައްކަތުގެ ތަޖުރިބާއަށް |
10 |
|
ޖުމުލަ: (ސަތޭކަ) |
100 |
އަންދާސީހިސާބު ކެނޑުމަށް ހަމަޖެހިފައިވަނީ، އަންދާސީހިސާބު ހުށަހަޅުއްވާ ބޭފުޅުންގެ ކުރިމަތީގައި އަންދާސީހިސާބު ކޮމެޓީގެ މެމްބަރުންގެ ހާޒިރުގައެވެ. އަދި ދެންނެވިފައިވާ ގަޑިއަށް ހާޒިރުވެނުލައްވާ ބޭފުޅުންނައް މަޢުލޫމާތު ސާފުކޮށްދެވޭކަށް ނޯންނާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި މަޢުލޫމާތު ސާފުނުކުރައްވާ ބޭފުޅުންގެ އަންދާސީހިސާބުތައް ބަލައިގަނެވެންނޯންނާނެ ވާހަކަ ދަންނަވަމެވެ. އެއްގުރޫޕަކުން ނުވަތަ އެއްކޮމްޕެނީއަކުން ދެ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެ ދެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. ޕެންޑްރައިވް ނުވަތަ ސީ،ޑީ ގެންނަ ފަރާތްތަކަށް އަންދާސީހިސާބު މަޢުލޫމާތު އެރުވޭނީ ސޮފްޓްކޮޕީ ހިލެއެވެ. އަންދާސީހިސާބު މަޢުލޫމާތު ޕެކޭޖެއްގެ ހާޑްކޮޕީ ބޭނުންފުޅުވާނަމަ އަގަކީ -/10 (ދިހައެއް) ރުފިޔާއެވެ.
09 ޝަޢުބާން 1436