މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޮއްދޫގައި ލޯކަލް ބީޗެއް ތަރައްޤީކުރުމަށް، ލޯކަލް ބީޗް ސަރަޙައްދު ސާފުކުރުމާގުޅޭ

         ފޮއްދޫގައި ލޯކްލަ ބީޗެއް ތަރައްޤީކުރުމަށް، ފޮއްދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 137 ވަނަ އާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ. އެހެންކަމުން ލޯކަލް ބީޗް ތަރައްޤީކުރުމަށްޓަކައި، އެސަރަޙައްދު ސާފުކޮށްދޭނެ ބަޔަކު ހޯދުމަށްބޭނުންވެއެވެ.

         މި މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 25 ޖުލައި 2024  ފެށިގެން 04 އޯގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ރަޖިސްޓްރީ ކުރެއްވުމަށް ( ކުންފުނީގެ ނަން، ކުންފުނީގެ ވެރިޔާގެ ނަން، ގުޅޭނެ ނަންބަރ އަދި އީމެއިލް އެޑްރެސް ) ހިމަނުއްވާ 9410016 ނަންބަރ އަށް ވައިބަރ ކޮއްދެއްވުން އެދެމެވެ. އަދި މިމަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް މިއިދާރާގެ ނަންބަރ 6560016 / 9410016 ނަންބަރ އަށް ގުޅުއްވުން އެދެމެވެ.

         އަންދާސީ ހިސާބު ހުށައަޅުއްވާނީ 2024 އޮގަސްޓް 14 ވާ ބުދަ ދުވަހުގެ 13:00 ގައި މިއިދާރާއަށެވެ. އަދި މެއިލް ކުރައްވާ ނަމަ މިއިދާރަގެ އީމެއިލް : info@fodhdhoo.gov.mv   އަށް މެއިލް ކުރެއްވުން އެދެމެވެ. މިމަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

          މިކަމަށް އެދި ކުރިމަތި ލެވޭނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރ: 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

       ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

25 ޖުލައި 2024
ހޯދާ