މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ބިން އަމިއްލަ ކުރުމުގެ އަގު ކަނޑައެޅުން
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ޢާއްމުކޮށްފައިވާ ޤަވާޢިދު ނަންބަރު: (R182-2022) "ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދު" ގެ 09 ވަނަ މާއްދާގެ (ހ) އިން ބިމުގެ އަގު ކަނޑައެޅުމަށް ކައުންސިލްތަކަށް ލާޒިމުކޮށްފައިވާތީ، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަ ކުރުމަށްޓަކައި އެގޯތި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ ބިން އަމިއްލަކުރުމުގެ އަގެއްގެ ގޮތުގައި މިކައުންސިލުން ކަނޑައަޅާފައިވާ އަގަކީ އަކަފޫޓަކަށް -/35 (ތިރީސް ފަހެއް) ރުފިޔާ އެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
19 މުޙައްރަމް 1446
25 ޖުލައި 2024
25 ޖުލައި 2024
ހޯދާ