ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ކަނޑޫދޫގެ ރަސްމީ ފާލަމުގެ ކޮންކުރީޓް މަސައްކަތް ކުރުމާބެހޭ

ތ. ކަނޑޫދޫ ބަނދަރުން މިއިދާރާއިން ދައްކާ ތަނެއްގައި ތ. ކަނޑޫދޫ ރަސްމީ ފާލަމުގެ ކޮންކުރީޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއިދާރާއިން ކުރި ނަމްބަރު (IUL)387/387/2024/18 އިއުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާތިލުކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރީމެވެ.

 

         ވީމާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ވިޔަފާރިއަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން މިމަސައްކަތް ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން 28 ޖުލައި 2024 ވަނަދުވަހުގެ 8:30 އިން ފެށިގެން 04 އޯގަސްޓް 2024 ވަނަދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު 08 އޯގަސްޓް 2024 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގ 07 އޯގަސްޓް 2024 ވަނަދުވަހު 11:00 ގައި މިއިދާރާގައި އޮންނާނެއެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/150 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް މިއިދާރާގެ ނަންބަރު 7725-700437-001 ރެވެނިއު އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް މިއިދާރާގެ މެއިލް އެޑްރެސްކަމުގައިވާ [email protected] އަށް މެއިލް ކުރުމުން ފައިސާ ބަލައިގެން ކަމުގެ ރަސީދުއާއެކު މައުލޫމާތުޝީޓް މެއިލް ކޮށްދެވޭނެއެވެ. އަދި މިއިދާރާގެ ކައުންޓަރަށް ދުރުވެ ފައިސާ ދެއްކުމުންވެސް މައުލޫމާތުޝީޓު މެއިލް ކޮށްދެވޭނެއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

               ވީމާ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

                19 މުޙައްރަމް 1446

25 ޖުލައި 2024
ހޯދާ