ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
މިއަހަރުގެ ރަމަޟާން މަހު މިފްކޯ މަސް ފިހާރައިގައި މިދަންނަވާ މަޤާމުތަކުގައި ވަގުތީ ގޮތުން މަސައްކަތް ކުރާނެ ހީވާގި މީހުން ބޭނުންވެއެވެ.
- ކޭޝިއަރުން
- ފްލޯ އެސިސްޓެންޓުން
މިމަޤާމުތަކަށް ވަގުތީ ގޮތުން ނެގޭ މީހުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޝިފްޓް އުސޫލުންނެވެ. ނަމަވެސް ވަޒީފާއަށް ހޮވުމުގައި ގިނަވަގުތު މަސައްކަތް ކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ޝިފްޓްތަކުގެ ތަފުސީލު:
ހޮނިހިރު - ބުރާސްފަތި
- ހެނދުނު ޝިފްޓް: ހެނދުނު 09:30 އިން ހަވީރު 16:00 އަށް (މެންދުރު 12:00 އިން 13:00 އަށް ބްރޭކް)
- ހަވީރު ޝިފްޓް: ހަވީރު 03:00 އިން ރޭގަނޑު 10:00 އަށް (ހަވީރު 5:30 އިން ރޭގަނޑު 08:30 އަށް ބްރޭކް)
ހުކުރު ދުވަހު:
- މެންދުރުފަހު ޝިފްޓް: މެންދުރުފަހު 14:00 އިން ހަވީރު 17:30 އަށް
- ރޭގަނޑު ޝިފްޓް: ރޭގަނޑު 08:30 އިން ރޭގަނޑު 10:00 އަށް
މުސާރަ:
- ދުވާލަކު 1 ޝިފްޓް ނަގާނަމަ މުޅި މުއްދަތަށް ޖުމްލަ 3000.00 ރުފިޔާ
- ދުވާލަކު 2 ޝިފްޓް ނަގާނަމަ މުޅި މުއްދަތަށް ޖުމްލަ 6000.00 ރުފިޔާ
މިމަޤާމުތަކަށް މީހުން ހޮވުމުގައި ޖީ.ސީ.އީ އޯލެވެލް ނިންމާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
މިމަޤާމުތަކުގައި މަސައްކަތް ކުރާ މީހުންނަށް މަސައްކަތާ ގުޅޭ ގޮތުން ތަމްރީން ދެވޭނެއެވެ.
ވަޒީފާގެ މުއްދަތަކީ 01 މަސް ދުވަސް.
އިންޓަވިއުއަށް ދެންނެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
މިކަމަށް ޝައުގު ވެރިވެލައްވާ މީހުން 02 ޖޫން 2015 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިބިލައްވާފައިވާ ސެޓްފިކެޓް ކޮޕީ، އައި.ޑީ.ކާޑު ކޮޕީ އާއި އެކު މިފްކޯ ހެޑް އޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މިފްކޯ ހެޑް އޮފީހުގެ ފޯން ނަންބަރު 3323932 އަށް ގުޅުއްވުން އެދެމެވެ.
09 ޝަޢުބާން 1436