މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަދިރި ކޮންޓްރޯލް ކުރުމާއިގުޅެ

އިޢުލާން            

މަދިރި ކޮންޓްރޯލް ކުރުމާއިގުޅޭ

ހުޅަނގު މޫސުމާއިގުޅިގެން ކުރަމުންދާ ވިއްސާރާގައި ރަށުގެ ބައެއް ސަރަހައްދުތަކުގައި ފެންހަރުލާގޮތަށް ބެހެއްޓިފައިވާ ތަކެތި ހުރިކަމުގައި ވާދޫ ހެލްތް ސެންޓަރުން މިކައުންސިލަށް ވަނީ އަންގާފައެވެ.

މިދުވަސްވަރަކީ ޑެންގޫ ފެތުރެމުންދާ ދުވަސްވަރެއްކަމުން، ފެން ހަރުލާގޮތަށް ހުރި ތަންތަން ނައްތާލުމަށް އެތަކެތީގެ ވެރިފަރާތްތަކަށް ތަކުރާރުކޮށް އެންގުމުންވެސް އިޖާބަދީފައިނުވާ ބައެއްތަންތަން ހުރިކަމުގައި ވާދޫ ހެލްތްސެންޓަރުން މިކައުންސިލަށް އަންގާފައިވެއެވެ.

ވީމާ، ވާދޫގެ މީހުންދިރިއުޅޭ ގޯތިތަކާއި، މަގުތަކާއި، ހޭޅިތަކާއި އަދި އޮޑިއެހެލާ ސަރަހައްދުތަކުގައި ފެންހަރުލާގޮތައް ހުރި ތަންތަން، 2024 ޖުލައި 30 ވާ އަންގާރަ ދުވަހުގެ ކުރިން އިސްލާޙުކުރުމަށް އަންގަމެވެ. އަދި މިމުއްދަތުގެ ތެރޭގައި މިކަންކަން އިސްލާހު ނުކޮށްފިނަމަ، މަދިރި އުފެދޭ ތަންތަން ނައްތާލުމަށް މިކައުންސިލުން ކުރާ މައްކަތުގައި އެތަކެއްޗަށް ލިބިދާނެ ގެއްލުމެއްގެ ޒިންމާ، މިކައުންސިލުން ނުއުފުލާނެކަމުގައިވެސް ދެންނެވީމެވެ.

24 ޖުލައި 2024
ހޯދާ