ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
" ކުޑަހުވަދޫ އައުޓްޑޯރ ލައިބްރަރީ " ގެ އާކިޓެކްޗަރަލް ޑިޒައިންގ، އިންޓީރިއާ ޑިޒައިން، ސްޓްރަކްޗަރަލް ޑިޒައިން، ޑީޓެއިލްސް ޑްރޯވިންގސް، ސާރވިސް ޑްރޯވިންގސް އަދި ބީ.އޯ.ކިޔޫ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު:
މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް " ކުޑަހުވަދޫ އައުޓްޑޯރ ލައިބްރަރީ " ގެ އާކިޓެކްޗަރަލް ޑިޒައިންގ، އިންޓީރިއާ ޑިޒައިން، ސްޓްރަކްޗަރަލް ޑިޒައިން، ޑީޓެއިލްސް ޑްރޯވިންގސް، ސާރވިސް ޑްރޯވިންގސް އަދި ބީ.އޯ.ކިޔޫ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ޕްރޮޕޯޒަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 24 ޖުލައި 2024 އިން 31 ޖުލައި 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އޮންލައިންކޮށް ބީލަންރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ.
- އޮންލައިންކޮށް ފައިސާ ދެއްކެވުމަށްފަހު، ފައިސާ ޓްރާންސްފަރ ކުރި ސްލިޕް އަދި ރަޖިސްޓްރޭޝަން ފޯރމް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
- މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 5 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން އިއުލާން ގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 11 އޯގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ 11:00ގައި ކުޑަހުވަދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.
- ބީލަން ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
- އެކައުންޓް ނަންބަރު: 7730000135156
- އެކައުންޓް ނަން: 1430 Revenue 1
- ފޯން : 7908156
- އީމެއިލް: [email protected]
24 ޖުލައި 2024
ހޯދާ