ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ރ) އަދި ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިޚާބު 2024، 2024 އޮގަސްޓް 10 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 – 11:00 އަށް ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.
ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިޚާބު 2024 ބޭއްވުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން ’ފަހިވޯޓް‘ މެދުވެރިކޮށެވެ. މިގޮތުން، ’ފަހިވޯޓް‘ އެޕްލިކޭޝަން މެދުވެރިކޮށް ވޯޓުލާނެ ގޮތުގެ އިރުޝާދު
މި އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ދަށުކޯޓުތަކުގެ ފަނޑިޔާރުންނާ ޙިއްޞާކުރެވޭނެއެވެ.
ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަނޑިޔާރުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު،
2024 ޖުލައި 24 އިން ފެށިގެން 2024 ޖުލައި 31 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވައިލެވިފައެވެ.
އިންތިޚާބަށް ކުރިމަތިލާ ފަނޑިޔާރުންގެ ފުރިހަމަވާންޖެހޭ ޝަރުޠުތައް ތިރީގައި އެ ވަނީ އެވެ.
- ދަށުކޯޓެއްގެ ފަނޑިޔާރަކު ކަމުގައިވުން.
- ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި 5 (ފަހެއް) އަހަރު ދުވަހުގެ ދައުރެއް ފުރިހަމަކޮށްފައި ނުވުން.
ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި ލިޔެކިއުންތަކާއި ތަކެތި ޑިޕާޓްމަންޓަށް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަންވާނެއެވެ.
- ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެ ފުށުގެ ސާފު ކޮޕީ
- ޕާސްޕޯޓް ސައިޒުގެ ފޮޓޯ (އިންތިޚާބަށް ކުރިމަތިލާ ފަރާތުގެ ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯ JPEG ފޯމެޓުގެ ސޮފްޓް ކޮޕީ – ފޮޓޯގެ ސޮފްޓް ކޮޕީ މެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.)
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށް ފަހު، އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު ހުށަހަޅުއްވާނީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. ފޯމު ބަލައިގަތުމުގެ އިންތިޒާމު
(2024 ޖުލައި 24 ވަނަ ދުވަހު މި އިޢުލާން ޝާއިޢުކުރެވޭ ހިސާބުން ފެށިގެން 2024 ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު، ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް) ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކައުންޓަރުން ހަމަޖެހިފައި ވާނެއެވެ. އަދި، އީމޭލު މެދުވެރިކޮށް ފޯމު ހުށަހަޅުއްވާނަމަ، މެއިލްކުރައްވާނީ [email protected] އަށެވެ.
ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަނޑިޔާރުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ މަޢުލޫމާތު މި ޑިޕާޓްމަންޓުގެ ކައުންޓަރުން އަދި ވެބްސައިޓް dja.gov.mv އިން މެދުވެރިކޮށް ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
18 މުޙައްރަމް 1446
24 ޖުލައި 2024