މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'ތަރިކަ-2' ފެރީއަށް ވެންޓިލޭޓަރކައުލް ހޯދުން

'ތަރިކަ-2' ފެރީއަށް ވެންޓިލޭޓަރކައުލް ހޯދުން

ތަރިކަ-2 ފެރީގައި ހަރުކުރުމަށް ބޭނުންވާ ވެންޓިލޭޓަރކައުލް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ތިރީގައިވާ މަޢުލޫމާތާ އެއްގޮތަށް ވެންޓިލޭޓަރކައުލް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 09 ޖޫން 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • ބޭނުންވާ އަދަދު: 6 (ހައެއް)
  • ސައިޒު: 6 އިންޗި
  • މެޓީރިއަލް: އެސް.އެސް
  • ރޫފް ޓޮޕް، ވޯޓަރ ޕްރޫފް

 ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:-

  • އަމިއްލަ ފަރާތަކުންނަމަ އައިޑީކާޑުގެ ސާފުކޮޕީއެއް   
  • ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި ޖީއެސްޓީ ރަޖިސްޓަރީގެ ކޮޕީއެއް
  • ކްލަބް ޖަމްޢިއްޔާއަކުންނަމަ އެކްލަބެއްގެ ރަޖިސްޓަރީގެ ކޮޕީއެއް   

    ލިޔެކިޔުންތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

ހުށަހެޅޭ އަންދާސީހިސާބުތަކަށް ޕޮއިންޓް ދެވޭނެ އުސޫލު

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ފޯމިއުލާ

އަގު

80%

ދިވެހިރުފިޔާއިން ހުށަހެޅޭ އެންމެކުޑަ އަގު

(ބެންޗްމާކް އަގު/ ހުށަހެޅުނު އަގު)x ކަނޑައެޅިފައިވާ % 

ސަޕްލައި ކޮށްދޭނެ މުއްދަތު

20%

މުއްދަތު ޖަހަންވާނީ ދުވަހުން

(ބެންޗްމާކް ކުރު މުއްދަތު/ ހުށަހެޅުނު މުއްދަތު)x

ކަނޑައެޅިފައިވާ % 

އަންދާސީހިސާބުތައް ކެނޑުން އޮންނާނީ މިއިދާރާގެ ޖަލްސާކުރާ މާލަމުގައި އެދުވަހުގެ މެންދުރުފަހުގެ 14:35 ގައި އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7999726 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

03 ޝަޢުބާން 1436

21 މޭ 2015
ހޯދާ