ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން
އިޢުލާން
ރައްޔިތުންނާއި ބައްދަލްކުރުން
ޤާނޫން ނަމްބަރ 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ބާއްވަން ޖެހޭ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ބައްދަލްވުން، 30 ޖުލައި 2024ވާ ހޯމަ ދުވަހުގެ ރޭ 20:30ގައި ލ.ކުނަހަންދޫ ކައުންސިލްގައި އޮންނާނެއެވެ.
މި ބައްދަލްވުމުގައި ރައްޔިތުންނާއި ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަންކަން ތިރީގައި އެވަނީއެވެ.
- ތަރައްޤީ ޕުލޭނަށް ސިފައަންނަމުންދާ ގޮތް (މޭ ، ޖޫން 2024)
- 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް
- 2025 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލް
- ކައުންސިލުން ކުރިއަށްދާ ކަންކަމުގައި މަސްވަރާކުރުމާއި ރައްޔިތުންގެ ހިޔާލު ހޯދުން
ވީމާ، މިކަން ޢާމުކޮށް އެންގުމަށް ޢިޢުލާނު ކުރީމެވެ. މި ބައްދަލްވުމުގައި ކުނަހަންދޫގެ ހުރިހާ ރައްޔިތުން ބައިވެރިވެ ދެއްވުން އެދި ދައުވަތު އަރުވަމެވެ.
16 މުހައްރަމް 1446
22 ޖުލައި 2024
23 ޖުލައި 2024
ހޯދާ