ދިވެހިރާއްޖެ
އިޢުލާން
އުތީމުގައި ޤާއިމްކުރާ އައުޓްޑޯރ ޖިމްގެ ގައުޖެހުމާއި ކާޕެޓް އެޅުމާއި އަދި ޖިމްގެ އިކުއުޕްމެންޓްސް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން |
(IUL)255/255/2024/32 |
23 ޖުލައި 2024 |
މިއިދާރާގެ ނަމްބަރު: (IUL)255/255/2024/16 (05 މެއި 2024) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގު ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުވުމުން އެ އިއުލާން ބާތިލްކޮއް އުތީމު ޤާއިމުކުރާ އައުޓްޑޯރ ޖިމްގެ ގައުޖެހުމާއި، ކާޕެޓް އެޅުމާއި އަދި ޖިމްގެ އިކުއިޕްމެންޓްސް އިންސްޓޯލް ކޮށްދިނުމުގެ މަސައްކައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލެމެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 30 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމް މިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޖުލައި 29 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އެކަން ލިޔުމުން ( [email protected] ) އަށް މެއިލް ކުރެއްވުން އެދެމެވެ.
މި ބީލަމާއިބެހޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 އޯގަސްޓް 08 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އުތީމު ކައުންސިލްގެ އިދާރާގައެވެ.
މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރީ ޤާނޫނު (2024/18 ) ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( 2024/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.