ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކ.މާފުށީގައި, ވެމްކޯގެ ކުނިނެގުމުގެ ޚިދުމަތުގެ ފީ ސްޓެލްކޯގެ ބިލުގައި ހިމެނުމާއި ގުޅޭ

ނަންބަރު: WAMCO-BDM/IUL/2024/047

 

ޢިއުލާން

ކ.މާފުށީގައި, ވެމްކޯގެ ކުނިނެގުމުގެ ޚިދުމަތުގެ ފީ ސްޓެލްކޯގެ ބިލުގައި ހިމެނުމާއި ގުޅޭ

 

މި ކޯޕަރޭޝަނުން ކ.މާފުށީގައި ޙިދުމަތް ފޯރުކޮށްދޭ ގޭބިސީތަކާއި އަދި ކޮމާރޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތަކުގެ ޙިދުމަތުން ނަގާ ފީ، 01 އޯގަސްޓް 2024 އިން ފެށިގެން ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމަނައިގެން ނެގުމަށް މި ކޯޕަރޭޝަނުންވަނީ ނިންމާފައެވެ.     

ވީމާ، އާއްމު ގޭބިސީ ކަރަންޓް މީޓަރުތަކުގެ ތެރޭގައި ލިފްޓް މީޓަރު، ބޫސްޓަރ ޕަމްޕު މީޓަރު، ޓެލެކޮމް މީޓަރު، ބިލްބޯޑު މީޓާރު ނުވަތަ މެއިންޓެއިނެންސް މީޓަރެއް ވާނަމަ، ' ޔޫޓިލިޓީ މީޓަރު އެކްސްލޫޝަން ފޯރމް U-02 '، ވެމްކޯގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ފުރިހަމަ ކުރެއްވުމަށްފަހު މި ކޯޕަރޭޝަނަށް ހުށަހެޅުމަށް ދަންނަވަމެވެ. މީގެ އިތުރުން، ކޮމާޝަލް ރެޒިޑަންސަލް ކޮމްޕްލެކްސްތައް ބަލަހައްޓަވާ ފަރާތްތަކުން  ޕުރައިމަރީ މީޓަރ އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިންގް ފޯމް U-01' ފުރިހަމަކޮށް މި ކޯޕަރޭޝަނަށް ހުށައެޅުމަށް ދަންނަވަމެވެ. އަދި މިވަގުތު ވެމްކޯގެ ޚިދުމަތް ހޯއްދަވާ އެކިއެކި މުޢައްސަސާތަކާއި ވިޔަފާރިތަކާއި ހިއްސާކޮއްފައިވާ 'އިންފޮމޭޝަން އަޕްޑޭޓް ފޯމް' ފުރިހަމަ ކުރެއްވުމަށްފަހު 01 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި ކޯޕަރޭޝަންއަށް ހުށަހެޅުމަށްވެސް ދަންނަވަމެވެ. މި މުއްދަތުގައި މި މަޢުލޫމާތު ހުށަނާޅާ ފަރާތްތަކުގެ ޙިދުމަތް މެދުކަނޑާލުމަކީ އެކަށީގެންވާ ކަމެއްކަމުގައިވެސް މިފުރުސަތުގައި ދެންނެވީމެވެ.

އިސްވެ ދެންނެވުނު ފޯމްތައް މި ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ހުށައެޅޭނެއެވެ. މިކަމާ ގުޅޭ މައުލޫމާތު ކުރިއަށްއޮތް ދުވަސްތަކުގައި މި ކުންފުނީގެ މީޑިއާ ޕްލެޓްފޯމް ތަކުގައި އާއްމު ކުރެވޭނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ބޭނުންފުޅު ވާނަމަ ވެމްކޯގެ ހޮޓްލައިން 1666 މެދުވެރިކޮށްވެސް ލިބިވަޑައިގަންނަވާނެއެވެ.

                                                                   

                                 23 ޖުލައި 2024

                                 17 މުޙައްރަމް 1446

 

23 ޖުލައި 2024
ހޯދާ