މަޤާމު:
|
ޖެނެރަލް ކައުންސެލް
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
މުއްދަތު:
|
1 އަހަރު (މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވިދާނެއެވެ.)
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
|
ދިވެހިރާއްޖޭގެ ބާ ކައުންސިލް
|
ވަޒީފާގެ ދާއިރާ
|
ލީގަލް
|
މުސާރައާއި އިނާޔަތް:
(ބޭސިކް ޓޭކް-ހޯމް ޕޭ)
|
-/33,100 ރުފިޔާ
|
މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:
|
މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
|
އަސާސީ ޝަރުޠުތައް:
|
- ދިވެހި ރައްޔިތެއް ކަމުގައިވުން؛
- ޤާނޫނީ ދާއިރާއިން މާސްޓަރސް އަދި ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން؛
- ޤާނޫނީ ދާއިރާގައި މަސައްކަތްކުރުމުގެ 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ މީގެ ތެރެއިން 3 އަހަރު ދުވަހަކީ ހިންގުމުގެ އިސް މަޤާމެއްގައި ހުރި މުއްދަތަކަށްވުން؛
- ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛ އަދި
- ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް:
|
- ޤާނޫނު ނަންބަރު 2019/5 ( ޤާނޫނީ ފަންނުގެ ޤާނުނު) ގެ ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށާއި، ދާއިމީ ސަބްކޮމިޓީތަކުގެ މައްޗަށް ޤާނޫނުން މަތިކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް ބޭނުންވާ ޤަނޫނީ ލަފާދިނުން؛
- ޝަރުއީ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް އަދި މިނޫންވެސް ތަންތަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ބާ ކައުންސިލް ތަމްސީލްކުރުން؛
- ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒުކުރުމާއި ބާ ކައުންސިލާ ގުޅުންހުރި އެންމެހައި ޤާނޫނީ ކަންކަމުގައި ބާ ކައުންސިލަށް އެކި ގޮތްގޮތުން ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމާއި، ޤާނޫނީ އެކިއެކި ދިރާސާތައް ކުރުމާއި، މި ނޫންވެސް މަޤާމުގެ ޙައިޞިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން؛
- ބާ ކައުންސިލުގެ ޑިޕާޓްމަންޓް / ޑިވިޜަން / ސެކްޝަން ހިންގުމުގެ މަސްޢޫލިއްޔަތާއި ވާޖިބުތަކާ ޙަވާލުކުވާން ޖެހިއްޖެ ޙާލަތެއްގައި އެ ޒިންމާ އަދާކުރުމަށް ޤާނޫނީ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، އެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ހިންގާ ބެލެހެއްޓުން؛ އަދި
- ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
|
މަޤާމު:
|
ޕްރޮގްރާމް ސްޕެޝަލިސްޓް
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
މުއްދަތު:
|
1 އަހަރު (މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވިދާނެއެވެ.)
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
|
ދިވެހިރާއްޖޭގެ ބާ ކައުންސިލް
|
ވަޒީފާގެ ދާއިރާ
|
ބާ އެގްޒާމް
|
މުސާރައާއި އިނާޔަތް:
(ބޭސިކް ޓޭކް-ހޯމް ޕޭ)
|
-/28,928 ރުފިޔާ
|
މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:
|
މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
|
އަސާސީ ޝަރުޠުތައް:
|
- ދިވެހި ރައްޔިތެއް ކަމުގައިވުން؛
- ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން (މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ސަނަދެއް އޮތުމަކީ އެޑަޑް އެޑްވާންޓޭޖްއަކަށްވާނެއެވެ.)
- އެގްޒާމް ޑެވެލޮޕްމަންޓް އަދި އިމްޕްލިމެންޓޭޝަންގެ ތަޖުރިބާ ލިބިފައިވުން؛ އަދި
- މެނޭޖްމަންޓް، ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން 5 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛ އަދި މި މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް:
|
- ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ މި މެންޑޭޓު ތަންފީޒުކުރުމަށް ބޭނުންވާ ސްޓްރެޓެޖީތަކާއި އެނުއަލް ވަރކްޕްލޭން އެކުލަވާލައި ތަންފީޒުކުރުން؛
- ބާ އިމްތިޙާނު ފަރުމާކޮށް، އިމްތިޙާނު ތަންފީޒުކޮށް ބެލެހެއްޓުން؛
- އިމްތިހާނު ކޮންޓެންޓް ޑިވެލޮޕްކުރުމަށް ސަބްޖެކްޓް މެޓާ އެކްސްޕާޓުންނާ ގުޅިގެން މަސައްކަތް ކުރުން؛
- ބާ އިމްތިހާނުގެ ސުވާލު ބޭންކް ގާއިމުކޮށް ބެލެހެއްޓުން؛
- ބާ އިމްތިހާނުގެ ލޮޖިސްޓިކްސް އާއި އެޑްމިނިސްޓްރޭޝަންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި ޓެސްޓު އެޑްމިނިސްޓަރކުރުމުގެ ކަންކަން ކުރިއަށް ގެންދިއުން؛
- ބާ އިމްތިހާނުގެ ސައްހަކަމާއި އިތުބާރު ހިފެހެއްޓުމަށް ކޮލިޓީ އެޝުއަރެންސްގެ ފިޔަވަޅުތައް ތަންފީޒުކުރުން؛
- އިމްތިޙާނާ ގުޅިގެން އެކުލަވާލަންޖެހޭ ތަމްރީނުތައް ތައްޔާރުކޮށް ތަމްރީނުތައް ފޯރުކޮށްދިނުން؛
- އިންވިޖިލޭޓަރުންނާއި އިމްތިހާނު ހިންގުމުގައި ހަރަކާތްތެރިވާ އޮޕަރޭޝަނަލް ޓީމް ތަމްރީނުކުރުން؛
- ބާ އިމްތިހާނުގެ އެފިޝަންސީ އާއި ސެކިއުރިޓީ އިތުރުކުރުމަށް ޓެކްނޮލޮޖީ ސޮލިއުޝަންތައް ހޯދުމާއި ތަންފީޒުކުރުން؛
- ބާ އިމްތިހާނަށް ރަޖިސްޓަރކުރުމުގެ ޕްރޮސެސްއާ އިމްތިހާނުގެ އުސޫލުތަކާއި ޕްރޮސެސްތަކާ ގުޅޭ މައުލޫމާތާއި އެހީތެރިކަން ކެންޑިޑޭޓުންނަށް ފޯރުކޮށްދިނުން؛
- އިމްތިހާނާގުޅޭ ގޮތުން ޢާންމު ހޭލުންތެރިކަން އުފެއްދުން؛
- ބާ އިމްތިހާނާ ގުޅުންހުރި ލޯކަލް އަދި އިންޓަރނޭޝަނަލް އިވެންޓްތަކާއި ކޮންފަރެންސްތަކާއި ފޯރަމްތަކުގައި ބާ ކައުންސިލް ތަމްސީލުކުރުން؛
- މަތީގައިވާ ކަންކަން ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެހާ ޕްރޮސީޖަރުތައް އެކުލަވައިލުމާއި މުވައްޒަފުން ޕްރޮސީޖަރަށް ޢަމަލުކުރާކަން ކަށަވަރުކުރުން؛ އަދި
- ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
|
މަޤާމު:
|
ޑިރެކްޓަރ ޕްރޮގްރާމްސް
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
މުއްދަތު:
|
1 އަހަރު (މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވިދާނެއެވެ.)
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
|
ދިވެހިރާއްޖޭގެ ބާ ކައުންސިލް
|
ވަޒީފާގެ ދާއިރާ
|
- ކޮލިފިކޭޝަންސް އެސެސްމަންޓް އެންޑް ޓްރެއިނިންގ
- ޕަބްލިކް އިންޓަރަސްޓް، ޕޮލިސީ އެންޑް ރެޕްރެޒެންޓޭޝަން
|
މުސާރައާއި އިނާޔަތް:
(ބޭސިކް ޓޭކް-ހޯމް ޕޭ)
|
-/29,428 ރުފިޔާ
|
މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:
|
މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
|
އަސާސީ ޝަރުޠުތައް:
|
- ދިވެހި ރައްޔިތެއް ކަމުގައިވުން.
- ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުން ނުވަތަ މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
- މެނޭޖްމަންޓް، ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން 5 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛ އަދި
- މި މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް:
|
- ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ މި މެންޑޭޓު ތަންފީޒުކުރުމަށް ބޭނުންވާ ސްޓްރެޓެޖީތަކާއި އެނުއަލް ވަރކްޕްލޭން އެކުލަވާލައި ތަންފީޒުކުރުން؛
- ބާ ކައުންސިލުން ހިންގާ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓުތައް ފަރުމާކޮށް ތަންފީޒުކުރުން؛
- ބާ ކައުންސިލުން ހިންގާ ޕްރޮގްރާމުތަކާއި ޕްރޮޖެކްޓުތަކަކީ ޕާޓްނަރ އޯގަނައިޒޭޝަންގެ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެމަތީން ތަންފީޒުކުރެވޭ ޕްރޮގްރާމްތަކެއްކަން ނުވަތަ ޕްރޮޖެކްޓުތަކެއްކަން ކަށަވަރުކުރުން؛
- ބާ ކައުންސިލުގެ ޕްރޮޖެކްޓުތަކާއި ޕްރޮގްރާމުތައް ކުރިއަށްދަނީ ކުރެވިފައިވާ ޕްލޭނާ އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި ޕްރޮޖެކްޓު/ޕްރޮގްރާމުގެ ޕަރފޯމަންސް އެނަލައިޒްކުރަމުން ގެންދިޔުން؛
- ބާ ކައުންސިލުން ހިންގާ ޕްރޮޖެކްޓުތަކުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ޕްރޮޖެކްޓުތަކުގެ ސްޓޭޓަސްއާ ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތަކާ މުޢާމަލާތުކުރުން؛
- ޙަވާލުކުރެވިފައިވާ ޕްރޮޖެކްޓުތައް ކާމިޔާބުކަމާއެކު ތަންފީޒުކުރެވޭތޯ ބަލައި އެކަމަށް ޖަވާބުދާރީވުން؛
- ޙަވާލުކުރެވިފައިވާ ޕްރޮޖެކްޓުތަކުގެ އެންމެހައި މާލީ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އުފުލައި ބެލެހެއްޓުން (ބާ ކައުންސިލުން މާލީގޮތުން އަދާކުރަންޖެހޭ ޒިންމާތައް ކަނޑައެޅިފައިވާ ވަގުތަށް އަދާކުރުމާއި، ދައުލަތުގެ އިދާރާތަކާއި ބާ ކައުންސިލުގެ ޕާޓްނަރުންނަށް މާލީ ހިސާބުތައް ހުށަހެޅުމާއި، މާލީ ކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ ރިޕޯޓުތައް ކުރުމުގެ ޒިންމާ އުފުލުން)؛
- ބާ ކައުންސިލުން ހިންގާ ޕްރޮޖެޓުތަކާއި އެހެނިހެން މުހިންމު މަސައްކަތްތަކުގައި އިދާރީގޮތުން އެހީތެރިކަންދިނުން؛
- މަތީގައިވާ ކަންކަން ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެހާ ޕްރޮސީޖަރުތައް އެކުލަވައިލުމާއި މުވައްޒަފުން ޕްރޮސީޖަރަށް ޢަމަލުކުރާކަން ކަށަވަރުކުރުން؛ އަދި
- ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
|
މަޤާމު:
|
ސީނިއަރ ޕްރޮގްރާމް އެސޯސިއޭޓް
|
ބޭނުންވާ ޢަދަދު:
|
2 (ދޭއް)
|
މުއްދަތު:
|
1 އަހަރު (މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވިދާނެއެވެ.)
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
|
ދިވެހިރާއްޖޭގެ ބާ ކައުންސިލް
|
ވަޒީފާގެ ދާއިރާ
|
ޕްރޮގްރާމްސް
|
މުސާރައާއި އިނާޔަތް:
(ބޭސިކް ޓޭކް-ހޯމް ޕޭ)
|
-/12,574 ރުފިޔާ
|
މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:
|
މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
|
އަސާސީ ޝަރުޠުތައް:
|
- ދިވެހި ރައްޔިތެއް ކަމުގައިވުން؛
- އޮފީސް މެނޭޖްމަންޓް، އެޑްމިނިސްޓެރޭޝަން، ނުވަތަ ގުޅޭ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް:
|
- ކަނޑައެޅިފައިވާ މަސައްކަތުގެ ދާއިރާއާ ގުޅިގެން އިންތިޒާމުކުރަންޖެހޭ ބާ ކައުންސިލުގެ ދާއިމީ ސަބްކޮމިޓީތަކުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުން؛
- މަސައްކަތުގެ ދާއިރާއާ ގުޅޭ ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތްތައް ބަލަހައްޓައި ބާ ކައުންސިލުގެ އެކިއެކި މަސައްކަތްތަކާ ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުމާއި ރިޕޯޓުތައް ތައްޔާރުކޮށް ބެލެހެއްޓުން؛
- މަސައްކަތާ ގުޅޭގޮތުން ބާ ކައުންސިލުން އިންތިޒާމްކުރާ އެކިއެކި ޖަލްސާ، ވަރކްޝޮޕް އަދި ސެމިނާތައް ރާވައި ހިންގާ ބެލެހެއްޓުން؛
- އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ޢާންމުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
- މަސައްކަތްތަކާ ގުޅިގެން ވެބްސައިޓަށް ލާންޖެހޭ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން؛
- މަސައްކަތާ ގުޅޭގޮތުން އެކިއެކި ޖަލްސާ ވަރކްޝޮޕް އަދި ސެމިނަރތަކުގައި ބާ ކައުންސިލް ތަމްޘީލުކުރުން؛ އަދި
- ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
|
މަޤާމު:
|
އައި.ޓީ އޮފިސަރ
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
މުއްދަތު:
|
1 އަހަރު (މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވިދާނެއެވެ.)
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
|
ދިވެހިރާއްޖޭގެ ބާ ކައުންސިލް
|
ވަޒީފާގެ ދާއިރާ
|
އިންފޮމޭޝަން ޓެކްނޮލޮޖީ
|
މުސާރައާއި އިނާޔަތް:
(ބޭސިކް ޓޭކް-ހޯމް ޕޭ)
|
-/13,155 ރުފިޔާ
|
މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:
|
މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
|
އަސާސީ ޝަރުޠުތައް:
|
- ދިވެހި ރައްޔިތެއް ކަމުގައިވުން؛
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް އޮތުމާއެކު އައި.ޓީ ދާއިރާގައި މަސައްކަތްކުރާތާ 5 އަހަރުވެފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް:
|
- ޓެލެފޯން ނެޓްވޯކާއި އިންޓަރނެޓްގެ ކަންކަން ބެލެހެއްޓުން؛
- އޮފީހުގެ ސާވަރ އާއި ނެޓްވޯކް ރައްކާތެރިކަމާއެކު ބަލަހައްޓައި ދިމާވާ މައްސަލަތައް ހައްލުކުރުން؛
- އޮފީހުގެ ކޮމްޕިއުޓަރ ސިސްޓަމްތައް އަޕްގްރޭޑްކޮށް މަރާމާތުކޮށް ބެލެހެއްޓުން؛
- މުވައްޒަފުންނަށް ހަދަންޖެހޭ އީމެއިލް، ލޮގިން، އެކައުންޓްތައް ފަދަ އެއްޗެހި ހެދުމާއި، އެކްސެސް ދޭންޖެހޭ ފޯލްޑަރތަކަށް އެކްސެސްދިނުމާއި، ކަނޑައެޅިފައިވާ އުސޫލަކުން ވަކިވާ މުވައްޒަފުންގެ އެކައުންޓްތައް ޑީއެކްޓިވޭޓް ކުރުމާއި، އެކްސެސް ކަނޑާލުން؛
- ކޮމްޕިއުޓަރ ސިސްޓަމްތަކާއި އޮފީހުގެ ހުރިހާ އައިޓީ ސާމާނަށް ދިމާވާ ސޮފްޓްވެއަރ އަދި ހާޑްވެއަރ މައްސަލަތައް ޙައްލުކުރުން؛
- މުވާޞަލާތީ ޚިދުމަތަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ތަރައްޤީކުރުމަށް މަސައްކަތް ކުރުން؛
- އޮފީހުގެ މަސައްކަތްތަކާއި ގުޅުންހުރި ސޮފްޓްވެއަރތަކާއި، އީ–ސަރވިސްތައް ތަޢާރަފްކޮށް ތަރައްޤީކުރުމަށް އެހީތެރިވެދިނުން؛
- ކޮމްޕިއުޓަރ ޔޫސޭޖްއަށް ދިމާވާ މައްސަލަތައް ބަލައި އެކަންކަން ހައްލުކުރުން؛
- އައި.ޓީގެ ވަސީލަތްތަކަށް މުވައްޒަފުން ހޭލުންތެރިކުރުމާއި އޮފީހަށް ހޯދާ އައި.ޓީ އަދި އެހެނިހެން ވަސީލަތްތަކަށް މުވައްޒަފުން ތަމްރީނު ކުރުވުން؛
- ކޮމްޕިއުޓަރ ޕްރޮގްރާމްތައް ރަނގަޅުކުރުމާއި ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުމަށް ބޭނުންވާ ހުރިހާ ކަމެއް ކުރުމާއި އަދި އެ އަންނަ ބަދަލުތައް ޔޫސަރއަށް އަންގައިދިނުން؛
- ބެކްއަޕް، ޑޭޓާ ޝެއަރިންގ އަދި ޑިޒާސްޓަރ ރިކަވަރީ ޕްރޮސީޖަރ ބެލެހެއްޓުން؛
- އޮފީސް އީމެއިލްގެ އެންމެހާ ކަންކަން ބެލެހެއްޓުން؛
- އޮފީހުން ބާއްވާ އިވެންޓުތަކުގެ ފޮޓޯ ނެގުމާއި ނެގޭ ފޮޓޯތަކާއި ވީޑިއޯތައް އާކައިވްކޮށް ބެލެހެއްޓުމުގެ އެންމެހާ ކަންކަންކުރުން؛
- އިވެންޓްތަކަށް ބޭނުންވާ ވީޑިއޯ ރިޕޯޓްތައް ތައްޔާރުކުރުން؛
- އިވެންޓްތަކަށް އައުޓްސޯސް ކުރެވޭ ވިޑިއޯގްރަފީ ގެ އެންމެހާ ކަންކަން ބެލެހެއްޓުން؛
- އޮފީހުގެ މަސައްކަތްތަކަށް ބޭނުންވާ (ހިއުމަން ރިސޯސް، އެންޓްރީ، އެކައުންޓްސް..) ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް ޓީ.އޯ.އާރް ތައްޔާރުކުރުން؛ އަދި
- އޮފީހުގެ މަސައްކަތްތަކަށް ބޭނުންވާ (ހިއުމަން ރިސޯސް، އެންޓްރީ، އެކައުންޓްސް..) ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް ޓީ.އޯ.އާރް ތައްޔާރުކުރުން.
|
މަޤާމު:
|
ޕްރޮގްރާމް ސެކްރެޓަރީ
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
މުއްދަތު:
|
1 އަހަރު (މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވިދާނެއެވެ.)
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
|
ދިވެހިރާއްޖޭގެ ބާ ކައުންސިލް
|
ވަޒީފާގެ ދާއިރާ
|
ޕްރޮގްރާމްސް
|
މުސާރައާއި އިނާޔަތް:
(ބޭސިކް ޓޭކް-ހޯމް ޕޭ)
|
-/10,609 ރުފިޔާ
|
މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:
|
މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
|
އަސާސީ ޝަރުޠުތައް:
|
- ދިވެހި ރައްޔިތެއް ކަމުގައިވުން؛
- އޮފީސް މެނޭޖްމަންޓް، އެޑްމިނިސްޓެރޭޝަން، ނުވަތަ ގުޅޭ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
- މަތީ ސާނަވީ (އޭ ލެވެލް) 2 މާއްދާއިން ފާސްވުމާއެކު، އޮފީސް މެނޭޖްމަންޓް، އެޑްމިނިސްޓެރޭޝަން، ނުވަތަ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ހާޞިލްކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް:
|
- ކަނޑައެޅިފައިވާ މަސައްކަތުގެ ދާއިރާއާ ގުޅިގެން ބާ ކައުންސިލުގެ ދާއިމީ ސަބްކޮމިޓީތަކުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުން؛
- ބާ ކައުންސިލުގެ އެކިއެކި ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތްތައް ބަލަހައްޓައި ބާ ކައުންސިލުގެ އެކިއެކި މަސައްކަތްތަކާ ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުމާއި ރިޕޯޓުތައް ތައްޔާރުކޮށް ބެލެހެއްޓުން.
- މަސައްކަތާ ގުޅޭގޮތުން ބާ ކައުންސިލުން އިންތިޒާމްކުރާ އެކިއެކި ޖަލްސާ ވަރކްޝޮޕް އަދި ސެމިނަރތައް ރާވައި ހިންގާ ބެލެހެއްޓުން.
- އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ޢާންމުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މަސައްކަތްތަކާ ގުޅިގެން ވެބްސައިޓަށް ލާންޖެހޭ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މަސައްކަތާ ގުޅޭގޮތުން އެކިއެކި ޖަލްސާ ވަރކްޝޮޕް އަދި ސެމިނަރތަކުގައި ބާ ކައުންސިލް ތަމްޘީލުކުރުން؛ އަދި
- ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
|
މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
މުއްދަތު:
|
1 އަހަރު (މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވިދާނެއެވެ.)
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
|
ދިވެހިރާއްޖޭގެ ބާ ކައުންސިލް
|
ވަޒީފާގެ ދާއިރާ
|
އެންޓްރީ އެންޑް ޑިސްޕެޗް / އިދާރީ / ޕްރޮކިއުމަންޓް
|
މުސާރައާއި އިނާޔަތް:
(ބޭސިކް ޓޭކް-ހޯމް ޕޭ)
|
-/10,228 ރުފިޔާ
|
މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:
|
މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
|
އަސާސީ ޝަރުޠުތައް:
|
- ދިވެހި ރައްޔިތެއް ކަމުގައިވުން؛
- ބިޒްނެސް އެޑްމިނިސްޓްރޭޝަން، ބިޒްނެސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން މިއިން ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ؛
- މަތީ ސާނަވީ (އޭ ލެވެލް) 2 މާއްދާއިން ފާސްވުމާއެކު، ބިޒްނެސް އެޑްމިނިސްޓްރޭޝަން، ބިޒްނެސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ މިނޫންވެސް މަސައްކަތާގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ހާޞިލްކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް:
|
- ބާ ކައުންސިލުގެ ރިސެޕްޝަނަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީވުން؛
- ބާ ކައުންސިލަށް ލިބޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި ޖަވާބު ތައްޔާރުކުރަންޖެހޭ ލިޔުންތަކުގެ ޖަވާބު ތައްޔާރުކޮށް އެ ލިޔުންތައް ފޮނުވުން އަދި، ބާ ކައުންސިލުގެ ރިސެޕްޝަނަށް ލިބޭ ލިޔެކިޔުންތައް ބަލައިގަނެ ޙަވާލުކުރަންޖެހޭ ފަރާތްތަ
- ކާއި ޙަވާލުކުރުމުގެ މަސައްކަތް ކުރުމާއި، ބާ ކައުންސިލަށް އަންނަ ލިޔެކިތުންތައް ފައިލްކޮށް ބެލެހެއްޓުން؛
- ބާ ކައުންސިލުގެ އެނުއަލް ޕްރޮކިއުމަންޓް ޕްލޭން އެކުލަވާލުން؛ އަދި ޕްލޭންއާ އެއްގޮތަށް ޕްރޮކިއުމަންޓުގެ ކަންކަން ކުރިއަށް ގެންދިއުމާއި، މަސައްކަތް ފުރިހަމަކުރެވޭ މިންވަރު ބެލެހެއްޓުން؛
- ބާ ކައުންސިލަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތްތައް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހޯދުމާއި، އެ މަސައްކަތަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން؛
- ބާ ކައުންސިލުގެ ބިޑް ކޮމިޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓުމާއި، ބިޑާ ގުޅިގެން އެކުލަވާލަންޖެހޭ ލިޔެކިޔުން އެކުލަވާލުމާ، ބާ ކައުންސިލަށް ހުށަހެޅޭ ބިޑްތަކާގުޅޭ އެންމެހާ ލިޔެކިޔުން ބެލެހެއްޓުމާއި، ބިޑް ކޮމިޓީގެ ބައްދަލުވުންތަކުގެ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން؛
- ބާ ކައުންސިލުގެ އެސެޓް ރެޖިސްޓަރ ބެލެހެއްޓުން؛ އަދި
- ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
|
- ބާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު.
- މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ.
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ އަދި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.
- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި، ރޭންކް، ނުވަތަ ކްލެސިފިކޭޝަން) އެނގޭ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން.
- މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތްތަކާމެދު ދެކޭ ގޮތުގެ މައުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ ނަމާއި، ހައިސިއްޔަތު އެނގޭނެ ގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް (ސުޕްވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.)
- ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
- މިމަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތް ކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތް ކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕާރފޯމެންސް އެޕްރެއިޒަލް) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތާއި އެމީހަކާ ގުޅޭ ގޮތުން ކުށާއި ދަރަނީގެ ރެކޯޑް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސާފުކުރުމަށް އިޢުތިރާޒު ނުކުރާނަމައެވެ.
- މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސްކްރީންކުރުމުގެ މަރުޙަލާ (ޓެސްޓު/ އިންޓަވިޔު/ ޕްރެޒެންޓޭޝަން)އަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
- މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުން ޓެސްޓެއް ހަދަންޖެހޭނަމަ ނުވަތަ ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނަމަ، އެކަމާ ގުޅޭ މަޢުލޫމާތު ޝޯޓްލިސްޓްވާ ފަރާތްތަކަށް އީ-މެއިލް މެދުވެރިކޮށް އަންގާނެއެވެ.
- ސްކްރީން ކުރުމުގެ މަރުޙަލާގައި ޝަރުޠު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މިމަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ އެއްވެސް މަރުޙަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުޙަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ މަޤާމަށް އައުމުގެ ފުރުޞަތު ގެއްލޭނެއެވެ.
- މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ.
|
ސުންގަޑި:
|
31 ޖުލައި 2024 ވާ ބުދަ ދުވަހުގެ 12:00 ކުރިން
|
މަޤާމަށް އެދެންވީ ގޮތް:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެހަށެވެ.
[email protected]
އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ.
|