ދިވެހިރާއްޖެ
ޢުމަރު ޒާހިރު އޮފީސް ޢިމާރާތަށް ޕެސްޓް ކޮންޓްރޯލް ޓްރީޓްމަންޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ ޢުމަރު ޒާހިރު އޮފީސް ޢިމާރާތަށް ޕެސްޓް ކޮންޓްރޯލް ޓްރީޓްމަންޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލަމެވެ.
- ބީލަމާއި ގުޅޭ ސައިޓް ވިޒިޓް 2024 ޖުލައި 24 ވާ ބުދަ ދުވަހު ހެނދުނު 11:00 ގައި ޢުމަރު ޒާހިރު އޮފީސް ޢިމާރާތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 25 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑުރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ޖުލައި 29 ވަނަ ދުވަހު 13:00 ގައި ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މި އިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ކޮޕީ: [email protected]