ދިވެހިރާއްޖެ
(IUL)307/INDIV/2024/38:ނަންބަރު
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓިގެ ފަރާތުން ރަށުގައި ދިރިއުޅޭ އަންހެނުންނަށް އަދި ތުއްތުކުދިންނަށް އަމާޒުކޮށްގެން މަދަހަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ބައިވެރިވެވޭނީ މިރަށުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އަންހެނުންނަށާއި އަދި ތުއްތުކުދިންގެ ތެރެއިން ބޭބީ ނާސަރީ، ނާސަރީ، އެލްކޭޖީ އަދި ޔޫކޭޖީ ގައި ކިޔަވާ އަންހެން ، ފިރިހެން ދަރިވަރުންނަށެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 އޮގަސްޓް 16 ވާ ހުކުރުދުވަހުއެވެ.
އެހެންކަމުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2024 އޯގަސްޓް 04 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގެ ޤަވާއިދު ކައުންސިލުން ލިބެން ހުންނާނެއެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.