ދިވެހިރާއްޖެ
މާވަށު އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމާގުޅޭ
ހައްދުންމަތީ މާވަށު އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި، ނަންބަރު IUL)400/INDIV/2015/25)ފ(6 މޭ 2015) އިޢުލާނަށް އިޖާބަދީ އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، މާވަށު އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 31 މޭ 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް (ލ.މާވަށު ކައުންސިލް އިދާރާގެ މީޓިންގރޫމަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 4 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.
މާކްސް ދެވޭ ކުރައިޓީރިއާ |
މާކްސް ދެވޭގޮތް |
ތަފުސީލު |
ފޯމިއުލާ |
މަސައްކަތުގެ އަގު |
90% |
|
(Benchmark Price/Submitted Price) x 90 |
ތަޖުރިބާ |
10% |
|
(Submitted Experience/Benchmark Experience)x10 |
6 ޝަޢުބާން 1436