ދިވެހިރާއްޖެ
މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް 1 ސެޕްޓެމްބަރު 2024 ން 31 އޯގަސްޓް 2027 ގެ ނިޔަލަށް ކޮންޓްރެކްޓް އުޞޫލުން ކުނި ނަގައި، އުކާލާދޭނެ ފަރާތެއް ވަނީ ބޭނުންވެފައެވެ.
ވީމާ، ކޮންޓްރެކްޓް އުޞޫލުން ކުނި ނަގައި، އުކާލާދިނުމުގެ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.
|
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ނ.ވެލިދޫ ކައުންސިލްގެ އިދާރާ |
އަންގާރަ |
30 ޖުލައި 2024 |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ނ.ވެލިދޫ ކައުންސިލްގެ އިދާރާ |
އަންގާރަ |
06 އޯގަސްޓް 2024 |
11:30 |
މިކަމަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
މާކްސް ދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފްޞީލް |
ފޯމިއުލާ |
އަގު |
90% |
|
(Benchmark Price / Submitted Price) x Allocated Percentage |
ތަޖުރިބާ |
10% |
|
(Submitted Years of Experience / Benchmark Years) x Allocated Percentage |
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.