މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުމާލެ ފޭސް 2 ގައި ޤާއިމް ކުރެވެމުންދާ ކެޓްޝެލްޓަރ އަށް ބޭނުންވާ އިކުއިޕްމެންޓްސް އާއި މެޓީރިއަލްސް ހޯދުމާ ގުޅޭ، (03 ވަނަ އިޢުލާން)

ހުޅުމާލެ ފޭސް 2 ގައި ޤާއިމް ކުރެވެމުންދާ ކެޓްޝެލްޓަރ އަށް ބޭނުންވާ އިކުއިޕްމެންޓްސް އާއި މެޓީރިއަލްސް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2024/218 (09 ޖުލައި 2024) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތުން ޕްރޮޕޯސަލް ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 އޮގަސްޓް 01 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ / ކަރަންކާމަގު، މާލޭ ސިޓީ ކައުންސިލްގެ އިދާރާ / އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ އެޓޭޗްކުރެވިފައިވާ ކޮންމެ ލިސްޓަކަށް ވަކިން، ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 2024 ޖުލައި 30 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

 

ނޯޓް: އަގު ހުށަހަޅުއްވާނީ ކޮންމެ ލިސްޓަކަށް ވަކިވަކިންނެވެ. ބޭނުންފުޅުވާ ލިސްޓަކަށް އަގު ހުށަހެޅުއްވިދާނެއެވެ. އިވެލުއޭޓްކުރާނީ ކޮންމެ ލިސްޓެއް ވަކިންނެވެ.

23 ޖުލައި 2024
ހޯދާ