ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
މިހާރު ހުރި ޢިމާރާތުގެ ފިޒިކަލް ސަރވޭ ކުރާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސްކޫލުގައި މިހާރު ހުރި ޢިމާރާތުގެ މައްޗަށް 04 ކްލާސްރޫމް އިތުރުކުރުމަށްޓަކައި، މިހާރު ހުރި ޢިމާރާތުގެ ފިޒިކަލް ސަރވޭ ކުރާނެ ފަރާތެއް ހޯދުމަށް 02 މޭ 2015 ގައި ކުރި HS-B/IUL/2015/02 ނަންބަރު އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވީ 2 ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލުން

މި ސްކޫލަށް އަލަށް 04 ކްލާސްރޫމް އިތުރުކުރުމަށް ބޭނުންވެއެވެ. މި 04 ކްލާސްރޫމް އިތުރުކުރަނީ މިހާރު މި ސްކޫލުގައި ހުރި ޢިމާރާތެއްގެ މަތީބަޔަށެވެ. ވީމާ، މިހާރުހުރި ޢިމާރާތުގެ ފިޒިކަލް ސަރވޭ ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުން

03 ޖޫން 2015

ބުދަ

2:00 (މެންދުރުފަހު)

އަންދާސީހިސާބު ހުށަހެޅުއްވުން

08 ޖޫން 2015

ހޯމަ

2:00 (މެންދުރުފަހު)

06 ޝަޢުބާން 1436

24 މޭ 2015
ހޯދާ