އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖުލައިމަހު ރައްޔިތުންނާއި ބައްދަލުކުރުން
ނަންބަރ: A/IUL/344/2024/56
އިޢުލާން
ރައްޔިތުންނާއި ބައްދަލުކުރުން:
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރ 7/2010 ގެ 107 ވަނަ މާއްދާ ގައިވާ ގޮތުގެމަތިން ކައުންސިލްތައް ހިންގުމުގައި ނިންމާ މުހިއްމު ނިންމުންތަކުގެ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 29 ޖުލައި 2024 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި އއ. ފެރިދޫ ކައުންސިލް އިދާރާގައި އޮންނާނެއެވެ. މިބައްދަލުވުމުގައި ބައިވެރިވެލެއްވުން އެދި މިރަށުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
ބައްދަލުވުމުގެ އެެޖެންޑާ:
- · 2025 ވަނަ އަހަރުގެ ވޯކް ޕްލޭން ހިއްސާ ކުރުން
- · 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންނާއި މަޝްވަރާކުރުން
- · ފާއިތުވި 6 މަސް ދުވަހު ކައުންސިލް ހިނގާދިޔަ ގޮތުގެ ރިޕޯޓް ހުށައެޅުން
- · ރަށުގައި ހިންގާ އެކިއެކި ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން
- · މިއަހަރު ކުރިއަށް ރޭވިފައިހުރި ކަންކަން ހިއްސާކުރުން
- · މަޢުލޫއާއި ގުޅޭގޮތުން ސުވާލާއި ޖަވާބު
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 ޖުލައި 2024
ހޯދާ