ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގައި ލައިޓް ހަރުކުރުމުގެ މަސައްކަތްތައް ކޮށްނިންމައިދޭނޭ ފަރާތެއް ހޯދަން

ފ.މަގޫދޫ ފުޓްބޯޅަދަނޑުގައި ލައިޓް ހަރުކުރުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްނިންމައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 މަގޫދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކޮށް 15 ޖޫން 2015 ވާ ހޯމަދުވަހުގެ 14:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކުރަންހުރި މަސައްކަތް:

  1. 06 ޕޯސްޓް (އޮކްޓޮގޮނަލް ޕޯލް)
  2. ޖުމުލަ 32 ލައިޓް
  3. ކޮންމެ ޕޯސްޓެއް ވަކިން ދިއްލޭގޮތަށް ކޮންމެ ޕޯސްޓެއްގައި ސްވިޗް ހަރުކުރުން
  4. ކޭބަލަކަށް ބޭނުންކުރާނީ 2 ކޯރ ކޭބަލް
  5. ފުޓްބޯޅަދަނޑުގެ ލައިޓާއި ކަރަންޓް ވައިރު ހުންނަންވާނީ ސްޓެލްކޯ ނުވަތަ ފެނަކަ ޤަބޫލުކުރާ ފެންވަރަށެވެ.
  6. މަޢުލޫމާތުގެ އަސްލު ބިނާވެފައިވާނީ މަޢުލޫމާތު ކަރުދާހުގައިވާ ކުރެހުމަށެވެ.

މިމަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

ހުށަހަޅާ އަގަށް: 70 ޕޮއިންޓް

ހުށަހެޅޭ އެންމެ ހެޔޮއަގު / ހުށަހެޅި އަގު 70x

މަސައްކަތުގެ މުއްދަތު: 20 ޕޮއިންޓް

ހުށަހެޅޭ އެންމެ ކުރުމުއްދަތު / ހުށަހެޅި މުއްދަތު 20x

ތަޖުރިބާ: 5 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ، ހުށަހަޅާ ލިޔުންތަކަށް ބަލައި.

މާލީގޮތުން ތަނަވަސްކަންހުރި މިންވަރު: 5 ޕޮއިންޓް

މާލީގޮތުން ތަނަވަސްކަން އަންގައިދޭ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

ނޯޓް: މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބާއި ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަ ނޫން އަންދާސީހިސާބުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ. އެއްވެސް ފަރާތެއްގެ އަންދާސީހިސާބު މަޢުލޫމާތު ފުރިހަމަ ނުވެގެން ބާޠިލުކުރިނަމަ، އެފަރާތަކަށް އެކަން ސަބަބާއެކު އަންގާނޭވާހަކަ ދަންނަވަމެވެ.

    އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

06 ޝަޢުބާން 1436

24 މޭ 2015
ހޯދާ