ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ. އަތޮޅު ހޮސްޕިޓަލުގެ ޢިމާރާތުގެ ހުޅަނގު ދެކުނު ފަރާތު ޕޯޓިކޯ އާއި ލޮބީ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ - 2

އިޢުލާން

ށ. އަތޮޅު ހޮސްޕިޓަލުގެ ޢިމާރާތުގެ ހުޅަނގު ދެކުނު ފަރާތު ޕޯޓިކޯ އާއި ލޮބީ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބެހޭ:

          ށ. އަތޮޅު ހޮސްޕިޓަލުގެ ޢިމާރާތުގެ ހުޅަނގު ދެކުނު ފަރާތު ޕޯޓިކޯ އާއި ލޮބީ މަރާމާތުކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު މިހޮސްޕިޓަލުގެ  (IUL)SH-FAH-A/ 2024/27 (09 ޖުލައި 2024) ނަންބަރު އިޢުލާންއާއި ގުޅިގެން ހުށައަޅާފައިވާ ބީލަމުގެ އަގު މިޕްރޮޖެކްޓަށް ކަނޑައެޅިފައިވާ އަގަށް ވުރެ ބޮޑު ކަމަށް ފެންނާތީ އެއިއުލާން ބާތިލުކޮށް އަލުން އިއުލާންކުރަމެވެ.

            ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޖުލައި 2024 ވާ ހޯމަ ދުވަހުން ފެށިގެން 30 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ރެޖިސްޓްރީ ކުރުމަށްޓަކައި، މިއިއުލާނާއިއެކު ގެޒެޓްކުރެވިފައިވާ ރަޖިސްޓްރީ ފޯމް ފުރިހަމަކުރައްވާ މިހޮސްޕިޓަލުގެ މެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

           މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމެންޓް ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ.

           މިއިއުލާނާއިގުޅޭ އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 31 ޖުލައި 2024 ވާ ބުދަ ދުވަހުގެ 13:00ގައި ށ.އަތޮޅު ހޮސްޕިޓަލުގައެވެ.

           މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 29 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6540209 އަށް ގުޅުއްވުން އެދެމެވެ.

22 ޖުލައި 2024
ހޯދާ