ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ލ. އަތޮޅު،ޅ. ނައިފަރު،ގއ. ވިލިނގިލި އަދި ށ. ފުނަދޫގައި ’ޑިޒައިން،ބިލްޑް،ފިނޭންސް،އޯން،އޮޕެރޭޓް،ޓްރާންސްފަރ (ޑީބީފޫޓް / DBFOOT)‘ އުސޫލުން އަންދާޒާ ކުރެވިފައިވާ 15 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް.
1. ދިވެހި ސަރުކާރުން ވޯލްޑްބޭންކުގެ އެހީގައި ހިންގަމުންދާ އެކްސެލެރޭޓިންގ ރިނިއުއަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިޒް) މަޝްރޫޢުގެ ދަށުން ލ. އަތޮޅު،ޅ. ނައިފަރު،ގއ. ވިލިނގިލި އަދި ށ. ފުނަދޫގައި ’ޑިޒައިން،ބިލްޑް،ފިނޭންސް،އޯން،އޮޕެރޭޓް،ޓްރާންސްފަރގެ އުސޫލުން 15 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
2. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ޑިޒައިން،ބިލްޑް،ފިނޭންސް،އޯން،އޮޕެރޭޓް،ޓްރާންސްފަރގެ އުސޫލުން ތިރީގައި މިވާ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ލޮޓް 1: މި މަޝްރޫޢުގެ ދަށުން 2 މެގަވޮޓްގެ ސޯލާ ޕެނަލް ލ. ހިތަދޫ، ލ. ކުނަހަންދޫ، ލ. މައިބާދޫ، ލ. މާމެންދޫ، ލ. މާވައް އަދި ލ. ދަންބިދޫގައި ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް
ލޮޓް 2: މި މަޝްރޫޢުގެ ދަށުން 13 މެގަވޮޓްގެ ސޯލާ ޕެނަލް ލ. އިސްދޫ، ލ. ކަޅައިދޫ، ލ. ފޮނަދޫ، ލ.ގަން، ޅ. ނައިފަރު، ގއ. ވިލިންގިލި އަދި ށ. ފޮނަދޫގައި ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް
3. މި ބީލަމުގެ މަރުޙަލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގުވާމީ ވާދަވެރި ޕްރޮކިއުމަންޓް ގެ އުސޫލުން "ވާރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް ބޮރޮވަރސް" ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވަ ޕްރޮޖެކްޓެކެވެ.
4. މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2024 ޖުލައި 22 އިން 2024 އޮކްޓޫބަރު 17 އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު މަތީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 10 ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.
- ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
- ބީލަމާއި ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު
- ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ
5. މި ޕްރޮޖެކްޓުގެ ބިޑިންގ ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 22 ޖުލައި 2024 ވާ ހޯމަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
6. ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް12 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 11:00 ޖަހާއިރުއެވެ. އިތުރު މަޢުލޫމާލް ބިޑިންގ ޑޮކިއުމަންޓް އޮންނާނެވެ.
7. ބީލަމާއި އެކީގައި ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭނެއެވެ. ވަކި ލޮޓް ތަކަށް ބިޑް ސެކިއުރިޓީއަށްވާ އަދަދު ތިރީގައި ވާނެއެވެ.
- ލޮޓް 1: ޔޫ.އެސް.ޑީ 20,000.00 (ވިހިހާސް ޑޮލަރު)
- ލޮޓް 2: ޔޫ.އެސް.ޑީ 160,000.00 (އެއްސަތޭކަ ފަސްދޮޅަސް ހާސް ޑޮލަރު)
8. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
9. ބީލަން ހުޅުވުން އޮންނާނީ 22 އޮކްޓޯބަރު 2024 ވާއަންގާރަ ދުވަހުގެ 13:00:00 ގައި މިމިނިސްޓްރީގެ އޮފް ފައިނޭންސް، ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާއެވެ.
10. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފާޠިމަތު ރިޝްފާ އަޙްމަދު
ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް
ނެޝަނަލް ޓެންޑަރ،
މިނިސްޓްރީ އޮފް ފިނޭންސް،
އަމީނީމަގު، މާލެ، ބްލޮކް 379، ޕޯސްޓަލް ކޯޑް 20379 ދިވެހިރާއްޖެ،
ފޯން : 9603349102+| 9603349147+| 9603349106+
އީމެއިލް: [email protected]
ކޮޕީ : [email protected]