ދިވެހިރާއްޖެ
ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް މިއިދަރާގެ ނަންބަރ: (IUL)296/296/2024/37 އިޢުލާން ގައިވާ ތާރީޙް ބަދަލް ކުރުމަށްޓަކައި އެ އިޢުލާން ބާތިލްކޮއް އަލުން އިޢުލާން ކުރަމެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު '' ޤާނޫނު ނަންބަރު: 07/2010 ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން'' 2024 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ފޮއްދޫ ކައުންސިލުން ކުރިޔަށްގެންދިޔަ ޙަރަކާތްތަކާއި ބެހޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޢާންމު ޖަލްސާ، 2024 ޖުލައި މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ ރޭ 21:00 ގައި ފޮއްދޫ ޕްރީސްކޫލް ގައި އޮންނާނެއެވެ.
މި ބައްދަލުވުމުގައި ނ. ފޮއްދޫ ކައުންސިލްގެ 2024 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ހިނގާ ދިޔަ ގޮތުގެ ރިޕޯޓް އަދި މި އަހަރު ބާކީ އޮތް މުއްދަތުގައި ކައުންސިލުން ކުރިޔަށްގެންދާ ޙަރަކާތްތަކާއި އަދި 2025 ވަނަ އަހަރަށް ހިންގުމަށް ރޭވިފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރެވޭނެއެވެ.
މި ބައްދަލުވުމަށް ފޮއްދޫގެ އެންމެހާ ރައްޔިތުން ވަޑައިގެންދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
ވީމާ، މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.