މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލްމުސާވާތުގެ އުތުރުފަރާތުގެ ފެންޑާބައިގެ ކެންޑުންތަކުގައި އެލްމެނިއަމް ދޮރު ލައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:

މިރަށު މަސްޖިދުލްމުސާވާތުގެ އުތުރުފަރާތުގެ ފެންޑާބައިގެ ކެންޑުންތަކުގައި އެލްމެނިއަމް ދޮރުލައިދޭނެ ފަރާތެއް ހޯދަން ވަނީ ބޭނުންވެފައެވެ.

ވީމާ، މަތީގައި ދެންނެވި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގައްޔާއި އަންދާސީހިސާބު ހުށަހެޅުއްވުމުގައި ހާޒިރުވާ ފަރާތްތަކުގެ އައި.ޑީ.ކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގެންދެއްވުމަށް ދަންނަވަމެވެ. އަދި ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ އެފަރާތުން އައްޔަންކުރިކަމުގެ ލިޔުމެއް ގެންނަވަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވަނީ ރަޖިސްޓަރީ ކޮމްޕެނީއެއްގެ ނަމުގައިނަމަ ރަޖިސްޓަރީގެ ކޮޕީއެއް މިއިދާރާއަށް ހުށަހަޅުއްވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަންނާނެވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ ނަންބަރު 6720508 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މީގެ ކުރިން މިކަމަށް ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ މީގެ ކުރިންކޮށްފައިވާ ނަންބަރު 365/2015/39 (04 މޭ 2015) އިޢުލާން ވަނީ ބާޠިލު ކުރެވިފައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޝަަޢުބާން 1436

25 މޭ 2015
ހޯދާ