ދިވެހިރާއްޖެ
ކެނދިކުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިސް ނަގައިގެން އަތްތެރި މަސައްކަތް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގުމަށް 9 ޖުލައި 2024 ގައި ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އަލުން މި ޕްރޮގްރާމުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 5 ދުވަހުގެ މުއްދަތަށެވެ. މިޕްރޮގްރާމުގައި ދަސްކޮށްދޭ ބައިތަކުގެ ތެރޭގައި ސާންތި، ސަޓާ، މޯށި، ވަށި، ކޯޑީގައި ޖަހާ ހިތިގަސް، ދޫނި، މަސް، މަސްކާށި އަދިވެސް ފަނުންނާއި ކަށިކެޔޮ ފަތުން ހެދޭ ގިނަ ބާވަތްތައް ދަސްކޮށްދެވޭނެއެވެ.
މިޕްރޮގްރާމު މިފަހަރު ހުޅުވާލެވިފައިވަނީ ކެނދިކުޅުދޫގެ ދެޖިންސުގެ ގްރޭޑް 7 ކުން މަތީގެ ހުރިހާ ފަރާތްތަކަށް ބައިވެރި ވެވޭގޮތަށެވެ. އަތްތެރި މަސައްކަތް ދަސްކޮށްދޭ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 30 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓްރީވުން އެދެމެވެ.
ރަޖިސްޓްރޭޝަން ފޯމް: https://forms.office.com/r/kvG4x341XQ
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް އަލްފާޟިލާ ޢާއިޝަތު ޢީސާ (ފޯން: 7781539) އާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
16 މުޙައްރަމް 1446
22 ޖުލައި 2024