އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓް ގުޅައިދޭނެ ފަރާތެއް ހޯދުން

އައްޑޫސިޓީގެ މަރަދޫ، މަރަދޫފޭދޫ އަދި ހިތަދޫގެ ފުޓްބޯޅަދަނޑުތަކުގައި ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓް ގުޅައިދޭނެ ފަރާތެއް ހޯދުން.

އައްޑޫސިޓީގެ މަރަދޫ، މަރަދޫފޭދޫ އަދި ހިތަދޫގެ ފުޓްބޯޅަދަނޑުތަކުގައި ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓް ގުޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)426-EB/1/2015/51) އިޢުލާނަށް އެކަށީގެންވާ ވަރަށް ބިޑް ހުށަހެޅިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، މި ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 ޖޫން 2015 ވާ ހޯމަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ޖޫން 2015 ވާ އަންގާރަދުވަހުގެ 14:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މި އިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

07 ޝަޢުބާން 1436 

25 މޭ 2015
ހޯދާ