ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ހ. ވެލާނާގެ 12 ވަނަ ފަންގިފިލާގައިވާ މަރާމާތުތައް ކުރުން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މަސައްކަތުގެ ތަފުސީލު

ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ ހިނގަމުން އަންނަ ހ. ވެލާނާގޭގެ 12 ވަނަ ފަންގިފިލާގައި ތިރީގައިވާ މަރާމާތުތައް ކުރުން:

  • ފްލޯރގެ އުސްމިނަކީ 7.7 ފޫޓެވެ.
  • 5 ޕާޓިޝަން (17.4 ފޫޓާއި 8.3 ފޫޓާއި 19.8 ފޫޓާއި 13.2 ފޫޓާއި 41.2 ފޫޓުގެ) ނައްޓައި ތަކެތި އުކާލައި ސާފުކޮށް ރީތިކުރުން.
  • 3 ގަނޑު ބިއްލޫރި (6x4 ފޫޓުގެ) ނައްޓައި ތަކެތި އުކާލައި ސާފުކޮށް ރީތިކުރުން.
  • 3 ދޮރު (2.8x7 ފޫޓުގެ) ނެއްޓުމާއި އަލުން ބެހެއްޓުން.
  • 5 ޕާރޓިޝަން (7.7 ފޫޓާއި 20.4 ފޫޓާއި 13.8 ފޫޓާއި 13.8 ފޫޓާއި 66.5 ފޫޓުގެ) އެލްމިނިއަމްގައި ފްރޭމްކޮށްފައިވާ 06 (ހައެއް) މިލިމީޓަރުގެ ބިއްލޫރިން ޖަހައި ނިންމުން.
  • ބިއްލޫރިތަކުގައި ތިރިން 2.5 ފޫޓު ދޫކުރުމަށްފަހު އިތުރުވާ 2.5 ފޫޓުގެ އުސްމިނަށް ފޮރެސްޓް ސްޓިކަރ ހަރުކުރުން.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 4 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 9 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 11:00 ގައި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

  • ފޯން: 3307314/3303647
  • ފެކްސް: 3303648
  • އީމެއިލް: [email protected]
  • ވެބްސައިޓް: www.csc.gov.mv
25 މޭ 2015
ހޯދާ