| 
 އިޢުލާން 
 | 
| 
 ތާރީޚް:  
 | 
 16 ޖުލައި 2024 
 | 
 ނަންބަރު: 
 | 
 (IUL)401-E/401/2024/32 
 | 
| 
 10 މުޙައްރަމް 1446 
 | 
 އިޢުލާނުގެ ވަނަ: 
 | 
 02 
 | 
| 
 ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން 
 | 
| 
 ލ.ފޮނަދޫ އިރު ދެކުނު ފަރާތުގައި މޫދަށްއެރޭ ސަރަހައްދެއް ޤާއިމް ކުރުމަށްޓަކައި ތިމާވެއްޓަށް އަސާރުކުރަނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް (އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓް) ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިކައުންސިލްގެ  (IUL)401-E/401/2023/08(07 ފެބްރުވަރީ 2023) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް، ފޯރުކޮށްދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާފައި ނުވާތީ، އެ އަންދާސީހިސާބުތައް  ބާޠިލް ކޮށްފީމެވެ. ވީމާ، މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 
 | 
| 
 ބީލަމުގައި ރަޖިސްޓްރީވުން 
 | 
- މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ފައިސާގެ ޢަދަދަކީ  -/150ރ އެވެ.
 
- ރަޖިސްޓްރީ ވުމަށްޓަކައި 24 ޖުލައި 2024 (ބުދަ) ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
 
 
-          ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް:https://forms.gle/EdxwEriQXKw7uWWV7 
 | 
| 
 މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން 
 | 
- މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 28 ޖުލައި 2024 (އަދީއްތަ) ދުވަހު އޮންލައިންކޮށް އޮންނާނެއެވެ.
 
-  އިތުރު މަޢުލޫމާތު admin@fonadhoo.gov.mv އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.
 
 
 | 
| 
 ބީލަން ހުށަހެޅުން / ބީލަން ހުޅުވުން 
 | 
- ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 08 އޯގަސްޓް 2024 (ބުރާސްފަތި) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
 
- ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
 
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 08 އޯގަސްޓް 2024 (ބުރާސްފަތި) ދުވަހުގެ 13:30ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
 
- ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ފޮނަދޫ ކައުންސިލްގެ މީޓިންގރޫމް ގައެވެ.
 
 
 | 
| 
   
 | 
   
  
  
  
  
 | 
| 
   
 |