ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ހއ. ކެލާ ޤަބުރުސްތާނުގެ ވަށާފާރު ރޭނުމުގެ މަޝްރޫޢު

މިއޮތޯރިޓީގެ 2015 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހިމަނާފައިވާ ހއ. ކެލާ ޤަބުރުސްތާނުގެ ވަށާފާރު ރޭނުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު IUL)221-PP/221/2015/3) އާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، ތިލަދުންމަތީ އުތުރުބުރީ ކެލާ ޤަބުރުސްތާނުގެ ވަށާފާރު ރޭނުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 8 ޖޫން 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލު އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލް އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

08 ޝަޢުބާން 1436

26 މޭ 2015
ހޯދާ