ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖުލައިމަހުގެ ރައްޔިތުންގެ ބައްދަލުވުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 7/2010 ގެ 107 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކުން ބޭއްވުމަށް ލާޒިމުކުރާ ޖުލައިމަހުގެ ރައްޔިތުންގެ ޢާންމު ބައްދަލުވުން 2024 ޖުލައި 28 ވާ އާދިއްތަ ދުވަހުގެ ރޭ 20:45 ގައި ދަރުބާރުގޭ ބެރެބެދި މާލަމުގައި އޮންނާނެއެވެ.

މި ބައްދަލުވުމުގެ އެޖެންޑާ ތިރީގައިއެވަނީއެވެ.

  • ބައްދަލުވުމުގެ ތަޢާރަފް
  • ކައުންސިލްގެ ރައީސް ވާހަކަ ދެއްކެވުން
  • 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ހުށަހަޅައި ހިޔާލު ހޯދުން

ވީމާ، މި ބައްދަލުވުމުގައި ބައިވެރިވުމަށް މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.

20 ޖުލައި 2024
ހޯދާ