ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ހަދިޔާ ބަންދުކުރާ ފޮށި ހައްދަވައިދެއްވާނެ ފަރާތެއް ހޯދުމަށް

ހަދިޔާ ބަންދުކުރާ ފޮށި ހައްދަވައިދެއްވާނެ ފަރާތެއް ބޭނުންވެއްޖެ

މިއޮފީހުގެ ބޭނުމަށް، ތިރީގައި މި ދަންނަވާ ތަކެތި، 2 އަހަރު ދުވަހުގެ މުއްދަތަށް ހައްދަވައިދެއްވާނެ ފަރާތެއް ހޯދަން މިއޮފީހުންކުރި ނަންބަރު IUL)1-FA(B)/1/2015/26)ފ(18 މޭ 2015 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

1. ލިޔެލާޖެހި އެއްޗެހި ބަންދުކުރާފޮށި

2. ކުނާ ބަންދުކުރާ ފޮށި

3. އަސާ ބަންދުކުރާ ފޮށި

4. ދޯނި ބަންދުކުރާ ފޮށި

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2015 މޭ 31 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 3 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

8 ޝަޢުބާން 1436

26 މޭ 2015
ހޯދާ