ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތަކަށް ވާގޮތަށް އޮންނަ ބީޗް ޞަރަހައްދަށް އޮޑިދޯނި އެހެލުމާއި އެފަދަ އުޅަނދު މަރާމާތު ކުރުމުގެ މަސައްކަތް ނުކުރުން

އިޢުލާން

ރަށުގެ މަގުތަކަށް ވާގޮތަށް އޮންނަ ބީޗް ޞަރަހައްދަށް އޮޑިދޯނި އެހެލުމާއި އެފަދަ އުޅަނދު މަރާމާތު ކުރުމުގެ މަސައްކަތް ނުކުރުން

       ރަށުގެ މަގުތަކަށް ވާގޮތަށް އޮންނަ ބީޗް ޞަރަހައްދަށް ޙާއްސަކޮން "އާމަގަށް" އޮޑިދޯނި ނުވަތަ ކަނޑުގައި ދުއްވާ އުޅަނދު އެހެލާ މަރާމާތު ކުރުންފަދަ މަސައްކަތް ކުރުމުގެ ސަބަބުން އެފަދަ ޞަރަހައްދު ބޭނުންކުރާ އާންމު ފަރާތްތަކަށް އެކަމުގެ ދަތި އުނދަގޫ ކުރިމަތިވާކަމުގެ ޝަކުވާ މި ކައުންސިލަށް ވަނީ ލިބިފައެވެ. މި ނޫނަސް މަގުމަތިފަދަ އާންމު ޞަރަހައްދުތަކުގައި އެ ތަންތަން ބޭނުންކުރާ އާންމު ފަރާތްތަކަށް ދަތިއުނދަގޫ ވާގޮތަށް ކައުންސިލްގެ ހުއްދަނެތި އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ.

       ވީމާ، މީގެ ފަހުން ރަށުގެ މަގުތަކަށް ވާގޮތަށް އޮންނަ އެއްވެސް ބީޗް ސަރަހައްދަކަށް އޮޑިދޯނި ފަހަރު އެހެލާ މަރާމާތު ކުރުންފަދަ އެއްވެސް ކަމެއް ނުކުރުމަށް ދަންނަވަމެވެ. އަދި މަގުތަކަށް ވާގޮތަށް އެހެލާފަހުރި އުޅަނދުތަށް މިއަދުން ފެށިގެން 30 (ތިރީސް) ދުވަސް ތެރޭ އެ ސަރަހައްދުން ނެގުމަށްވެސް ދަންނަވަމަވެ.

       މީގެ އިތުރުން، އިސްވެ ދެންނެވުނު ޞަރަހައްދު ނޫނަސް މަގުމަތި ފަދަ އާންމު ޞަރަހައްދު ތަކުގައި އެ ތަންތަން ބޭނުންކުރާ އާންމު ފަރާތްތަކަށް ދަތިއުނދަގޫ ވާގޮތަށް ކަންކަން ނުކުރުމަށް އިލްތިމާސްކުރަމެވެ.

21 ޖުލައި 2024
ހޯދާ