މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ގަވާއިދު ނަންބަރު: 125-R/2022 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު) ގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުން

ޤާނޫނު ނަންބަރ 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)ގެ ދަށުން ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ހިންގާނެ މުހިންމު މަޝްރޫޢުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު: 2024/6 ގައި ބަޔާންކޮށްފައިވާ މަޝްރޫޢެއްގެ މުޤާބިލުގައި ރަށްރަށާއި ބިންބިމާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ގަވާއިދު ނަންބަރު:  125-R/2022 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު) ގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމަށް މި މިނިސްޓްރީއިން ނިންމައި، ޢާންމުކޮށް އެންގުމަށްޓަކައި އެކަން އިޢުލާން ކުރީމެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިސްވެ ދެންނެވުނު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވީމެވެ. އަދި މި އިޢުލާނާ ގުޅިގެން ހުށަހަޅާ ޕްރޮޕޯސަލްއާ އެކު ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv)  އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.  

 

މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.

18 ޖުލައި 2024
ހޯދާ