ދިވެހިރާއްޖެ
މި ސްކޫލްގެ ނަމްބަރު GS-65-B/IUL/2024/009 (10 ޖުލައި 2024) އަގު ހުށަހެޅުމަށް ދެވުނު ސުންގަޑީގެ ތެރޭގައި މި މަސައްކަތަށް އަގު ހުށަހަޅާފައިވަނީ 1 (އެކެއް) ފަރާތުން ކަމަށްވާތީ، މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. ތިރީގައި ދެންނެވިފައިވާ އިމާރާތްތަކުގައި އެއަރކޮންޑިޝަން ހަރުކުރުމަށް ބޭނުންވާ ތަކެތި ސްކޫލުން ފޯރުކޮށްދިނުމުން ހަރުކުރުމުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- ބައޮލޮޖީ ލެބޯރެޓަރީ
- ކެމިސްޓްރީ ލެބޯރެޓަރީ
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޖުލައި 23 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުން އެދެމެވެ. އަދި އަގު ހުށައަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތައްކަށް ސަމާލުކަންދެއްވުން އެދެމެވެ.
1- މަސައްކަތަކަށް ކަނޑައަޅާ އަގު އެނގޭނެގޮތަށް ތަފްސީލާއިއެކު ހުށަހެޅުން
2- މަސައްކަތަށް ހޭދަވާނޭ މުއްދަތު ބަޔާންކުރުން
3- މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.