ދިވެހިރާއްޖެ
134-PRO/I/2024/103: އިޢުލާން ނަންބަރު
އިޢުލާން
18 ޖުލައި 2024
މިފްކޯގެ ފެލިވަރު ސައިޓަށް ބޭނުންވާ ރާއްޖޭގައި ހައްދާ ތަރުކާރީއާއި މޭވާ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން
ރާއްޖޭގައި ހައްދާ ތަރުކާރީ އާއި މޭވާ،ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އަށް 01 އަހަރު ދުވަހުގެ މުއަދަތަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ އެވެ. ތަރުކާރީއާއި މޭވާ ސަޕްލައި ކޮށްދެންވާނީ އަމިއްލަ ދަތުރުގައި މަދުވެގެން ހަފްތާއަކު އެއްފަހަރު އެވެ. މިގޮތުން މި ކޮމްޕްލެކްސްއަށް ބޭނުންވާ ބާވަތްތަކުގެ ލިސްޓް މި އިޢުލާނުގައި ބަޔާންކޮށްފައިވާ ވާހަކަ ދަންނަވަމެވެ.
ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް |
ތާރީޙް |
ވަގުތު |
|
ބީލަން ހުށަހެޅުން |
އީމެއިލް މެދުވެރިކޮށް |
24 ޖުލައި 2024 |
މެންދުރު 01:00ގެ ކުރިން |
ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ރަޖިސްޓްރީ ކުރުން |
އީމެއިލް މެދުވެރިކޮށް |
24 ޖުލައި 2024 |
މެންދުރުފަހު 01:00ގެ ކުރިން
|
ބީލަން ހުޅުވުން |
މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް |
24 ޖުލައި 2024 |
މެންދުރުފަހު 02:00ގައި |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
- އިޢުލާން ނަންބަރު
- ކުންފުނީގެ ނަން
- ނަމާއި ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
ނޯޓް: ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި [email protected] އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ[email protected] އަށެވެ.