ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކުގައި ބަހައްޓާފައިވާ ތަކެތި ނެގުން

މަގުގެ އަރިމަތީގައި ބަހައްޓާފައިވާ ޖޯލިފަތިތައް ފިޔަވައި އެއްވެސް މީހެއްގެ މުދަލެއް މަގުމަތީގައި ބަހައްޓާފައިވާނަމަ، އެތަކެތި ނަގައި ސާފުކުރުމަށް އެތަކެތީގެ ވެރިފަރާތްތަކަށް މިއިދާރާގެ ނަންބަރު  (IUL)383-MS&IM/383/2024/90 އިޢުލާނުން ވާނީ އަންގާފައެވެ

އަދި އިޢުލާންގައި ދީފައިވާ މުއްދަތުގެ ތެރޭގައި ނުނަގައި ހުންނަ ތަކެއްޗަކީ، އެތަކެތީގެ ވެރިފަރާތްތަކުން ބޭނުންނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައިބަލައި، އެ ތަކެތި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަން ވެސް ވާނީ އެ އިޢުލާންގައި ބަޔާންކޮށްފައެވެ.

ވީމާ، އެ އިޢުލާންގައިވާ ގޮތުގެމަތީން މަގުތަގައި ބަހައްޓާފައިވާ ތަކެއްޗާއި ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް އުނދަގޫވާގޮތަށް ހުރި ތަކެތި ނެގުމާއި ގަސްތައް ކޮށުމުގެ މަސައްކަތް 2024 ޖުލައި 21 ވަނަ ދުވަހުން ފެށިގެން ކުރަމުންދާނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.     

18 ޖުލައި 2024
ހޯދާ