މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

އިޢުލާނު

  ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް، 03 މަސްދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބޭނުންވާތީ، މިކަމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން:

   ބީލަން ހުށަހެޅުމަށް 2024 ޖުލައި 18 ން 2024 ޖުލައި 24 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

   "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ގެ ލިންކް: https://forms.office.com/r/YsrsYf5ZTP

   ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް:

       އިޢުލާނާއިއެކު ބީލަންފޮތް ގެޒެޓް ކުރެވިފައިވާތީ ޕްރީ ބިޑް މީޓިންގ ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

  •   އިތުރު މަޢުލޫމާތު ސާފުކުރުން:

       މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 2024 ޖުލައި 25 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އީމެއިލަށް ފޮނުއްވުންއެދެމެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

  ޕްރޮކިއުމަންޓް ޔުނިޓް

  ތުޅާދޫ ކައުންސިލް އިދާރާ / ބ.ތުޅާދޫ

  ފޯން:  6600043

  އީމެއިލް: [email protected] 

  •  ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން:

     ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2024 ޖުލައި 30 ވާ އަންގާރަ ދުވަހުގެ 10:45 ގައި ތުޅާދޫ ކައުންސިލް އިދާރާގައެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޖުލައި 2024
ހޯދާ