ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެތައް އިމާރާތްކޮށްފައިވާ ސަރަޙައްދުގައި ފަސްގަނޑު އެއްވަރު ނުވެހުރި ސަރަޙައްދުތަކަށް ވެލި އަޅައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ:

ދ.ވާނީ ރައްޔިތުންނަށް ދ.ކުޑަހުވަދޫގައި އަޅައިދީފައިވާ 53 ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ކުރިއިރު ޤަބުރުސްތާނު ސަރަޙައްދުން ނަގާފައިވާ ވެލިގަނޑު ފުރާނައި، ކަށިވަކިކޮށް، ކަށި ވަޅުލައިދީ އަދި އެވެލިތައް ގެތައް އިމާރާތްކޮށްފައިވާ ސަރަޙައްދުގައި ފަސްގަނޑު އެއްވަރު ނުވެހުރި ސަރަޙައްދުތަކަށް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު: B-381/I-2015/24ފ(10 މޭ 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާންކުރީމެވެ.

  • މި މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތާއި ފޯމު ދޫކުރުން 2015 މޭ 28 ވަނަ ދުވަހުގެ 13:00 ގައި މަލްޓިޕާޕަސް އިމާރާތުގައި އޮންނާނެއެވެ.
  • އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2015 ޖޫން 03 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
  • މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
  • މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
  • ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތުގެ ޖުމުލަ އަގު

65%

މުއްދަތު

25%

މާލީ ތަނަވަސްކަން

% 10

އިތުރު މަޢުލޫމާތު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.            

06 ޝަޢުބާން 1436

24 މޭ 2015
ހޯދާ