މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖޫނިއަރ ކޮލެޖް ޢިމާރާތް ކުރުމަށް ދޫކުރެވިފައިވާ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ނ.ކެނދިކުޅުދޫ /ކެނދިކޮޅު އަވަށު '' ގުލަބާކާގޭ'' ގެ ދެކުނުން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަށް ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖް އެޅުމަށް  ދޫކޮށްފައިވާ 86000 އަކަ ފޫޓްގެ ބިން މިކައުންސިލުން ދޭ މިންގަނޑަށް، އަމިއްލަ ތަކެތީގައި ސާފު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ބިން ސާފު ކުރުމުގެ ގޮތުން މިވަގުތު ކުރަންޖެހޭ މަސައްކަތްތައް ތިރީގައި އެވަނީއެވެ. 

 

  • ސަރަޙައްދުގައި މިހާރު ފޯދިފައި ހުރި ރުއްތަކާއި ބޮޑެތި ގަސްތައް ފިޔަވައި،  ތަނުގައި ހުރި ކުދި ގަސްތައް (ކުދި ލުނބޯ ، މިރިހި ވެޔޮ ، ދިއްގަލާއި ގިނަވެލި އަދި ބޯކޭލާއި ކުދި ކަށިކެޔޮގަސް ފަދަ ތަކެތި) ނަގާ ބިން ސާފުކުރުމާއި ކުނިތައް ނަގާ އުކާލުން.
  • ތަނުގައިހުރި ބޮޑެތި ގަސްތަކުގެ ގޮފިތަކާއި ރުއްތަކުގެ ފަންތައް 12 ފޫޓަށް ވުރެ ތިރިޔަށް ހުރި ނަމަ، އެފަދަ ތަކެތި ކޮށާއި ދަށްޖަހާ ބިންސާފުކުރުން.  
  • މިމަސައްކަތާއި ގުޅިގެން އުފެދޭ ކުނި އެސަރަހައްދުގައި ، ކައުންސިލުން އަންގާ ވަކި ތަނެއްގައި އަންގާ ގޮތެއްގެ މަތީން އަންދައިގެން ނައްތާލުން.

ބީލަން ކާމިޔާބުކުރާ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތާއި އިސްކަންދޭނެ ތަރުތީބު

މާކްސް ދެވޭނެ ގޮތްތައް

 

70%

އަގަށް

މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވަލުއޭޝަންއިން ފާސްވާ ފަރާތްތަކުންހުށައަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެއްމެ ގިނަމާކްސް ލިބޭނީ އެއްމެ ކުޑަ އަގުހުށައެޅި ފަރާތަކެށެވެ.

20%

މުއްދަތު

މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވަލުއޭޝަންއިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެއްމެ ކުރު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއަދަތެއްގެ މެދުގައި ލިބޭ % އެވެ. މިގޮތުން އެއްމެ ގިނަ މާކްސް ލިބޭނީ އެއްމެ ކުރު މުއްދަތަކަށެވެ.

10%

ތަޖުރިބާ

މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވަލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ދާއިރާއާއި ގުޅޭގޮތުން ކޮށް ނިންމާފައިވާ މަސައްކަތްތަކަށެވެ. އެގޮތުން ހުށައަޅާ ކޮންމެ ލިޔުމަކަށް ލިބޭނީ ދެމާކްސް އެވެ. އަދި ނިސްބަތުން އެންމެ ގިނަ މާކްސް ލިބޭ ފަރާތަށް އެންމެ ގިނަ ޕޮއިންޓް ދީ ބެންޗުމާކުގެ ގޮތުގައި ބަލައިގެން އެހެން ބީލަންތަކަށް ޕޮއިންޓް ދެވޭނެއެވެ. މިހާރު ކުރަމުންދާ މަސައްކަތަކަށް ހުށައަޅާ ރިފަރެންސް ލިޔުމަކަށް މާކްސްއެއް ނުދެވޭނެއެވެ. ތަޖުރިބާގެ ލިޔުން ގޮތުގައި ހުށައަޅާ ލިޔުންތަކަށް މާކްސް ދެވޭނީ ލިޔުމަކަށް 2 ޕޮއިންޓްގެ މަގުންނެވެ.

100%

ޖުމްލަ:

 

 

5.1

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް  އެކަންޏެވެ.

މިމަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 23 ޖުލައި 2024 ވާ އަންގާރަ ދުވަހު 13:00 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ޖުލައި 2024 ވާ ބުދަ ދުވަހު 13:00 އަށް ކެނދިކުޅުދޫ ކައުންސިލަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12  މުޙައްރަމް  1446

18   ޖުލައި   2024  

18 ޖުލައި 2024
ހޯދާ