ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެކްސްޓަރނަލް އޮޑިޓްގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް
އެކްސްޓަރނަލް އޮޑިޓަރެއް ހޯދުމަށް ،އޮތޯރިޓީން ކުރި ނަންބަރު 3.2/1/2024/16-179(IUL) އިޢުލާންއަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީވެ އެއިޢުލާން ބާޠިލުކޮށް އަލުން އިއުލާން ބާޠިލުކޮށް އަލުން އިއުލާން ހުޅުވާލުން. މި އޮތޯރިޓީއަށް އެކްސްޓަރނަލް އޮޑިޓްގެ ޚިދުމަތް ދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިޢުލާނާއިއެކު ޝާއިޢުކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (TOR) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މި އޮތޯރިޓީއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ. ޕްރޮޕޯސަލް ބަލައިގަތުން:ފައިލް ފޯމެޓް: ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހުށަހަޅުވަންވާނީ ވަކިވަކިން ޕީޑީއެފް ފޯމެޓްގައި (ޕާސްވޯޑް ޕްރޮޓެކްޓަޑް)ޕްރޮސަލް އީމެއިލްކުރަންޖެހޭ އެޑްރެސް: [email protected] ސުންގަޑި : 31 ޖުލައި 2024 ދުވަހުގެ ރޭގަނޑު 23:59:59 ގެ ނިޔަލަށް. ޕްރޮޕޯސަލް ހުޅުވުންއެޑްރެސް: މއ. އުތުރުވެހި/ 5 ވަނަ ފަންގިފިލާ / ކެނެރީމަގު ތާރީޚާއި ގަޑި: 01 އޯގަސްޓް 2024 ދުވަހުގެ ހެނދުނު 10:00ގައިޕާސްވޯޑް ހިއްސާކުރުން : ޕްރޮޕޯސަލް ހުޅުވުމަށް ކަނޑައަޅާފައިވާ ގަޑިއަށް އޮތޯރިޓީއަށް ހާޒިރުވެ ޕާސްވޯޑް ހިއްސާކުރަންވާނެއެވެ. އަދި ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާފަރާތުން ފައިނޭންޝަލް ޕްރޮޕޯސަލް ގައި ބައިވެރިވުމަށް ފުރުސަތުދެވޭނެއެވެ. ނޯޓް: އަދި ދެންނެވި ބިޑް އޮތޯރިޓީއަށް ވަޑައިގެން އޮތޯރިޓީއާ ހިއްސާކުރާ ޕާސްވޯޑްގައި މައްސަލައެއްޖެހިގެން ޑޮކިއުމަންޓް ނުހުޅުވިއްޖެނަމަބިޑް ބާތިލުކުރެވޭނެކަމުގައި ދެންނެވީމެވެ. މި އިޢުލާނާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮތޯރިޓީގެ ފޯނު ނަމްބަރު: 3336619 އަށް ގުޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަންޖެހޭ އެޑްރެސްކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، މއ. އުތުރުވެހި 5 ވަނަ ފަންގިފިލާ / ކެނެރީމަގު ފޯނު: 3336619، ފެކްސް:3336624އީމެއިލް: [email protected] ވެބްސައިޓް: www.cmda.gov.mv
18 ޖުލައި 2024
ހޯދާ