މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސްޖިދުއްސުލްޠާން މުހައްމަދު ތަކުރުފާނުލްއަޢުޡަމްގައި އިމާމުވެ ޙިފުޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ފަރާތެއް ހޯދުމަށް
1436 ވަނަ އަހަރުގެ ރަމަޟާން މަހު މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ތިރީގައިމިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން އެކަމަށް އެދި މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މި ކަމަށް ޝައުޤުވެރިވާ ރާއްޖޭން ބޭރުގެ ފަރާތެއް ގެނައުމުގެ ފުރުޞަތުވެސް ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.
ޝަރުޠު
- ޙާފިޡެއްކަމުގައިވުން.
- ތަޖުވީދާއި ޤިރާޢަތްތަކުގެ ސަނަދުލިބި، ރީތިކޮށް ކީރިތި ޤުރުއާން ކިޔެވޭ މީހެއްކަމުގައިވުން.
- އިސްލާމީ ތަޢުލީމު ހާސިލުކޮށްފައިވުން.
އެލަވަންސް
- މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގައި ޙިފުޡުކޮށް ތަރާވީޙު ނަމާދުކުރާ އިމާމުންނާއި އޭނާގެ ޤާއިމުމަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ކޮންމެ ރެޔަކަށް -/1000ރ. (އެއް ހާސް ރުފިޔާ)ގެ އެލަވަންސެއް ދެވޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި
- ޙާފިޒްކަމުގެ ސަނަދު ކޮޕީ (ސަނަދު ދޫކުރާ ރަސްމީފަރާތްތަކުން ދޫކޮށްފައިވާ)
- ތަޖުވީދާއި ޤިރާއަތުގެ ސަނަދު ކޮޕީ (ސަނަދު ދޫކުރާ ރަސްމީފަރާތްތަކުން ދޫކޮށްފައިވާ)
- އައިޑީ ކާޑު/ ޕާސްޕޯޓް ކޮޕީ
- ޤުރުއާނުގެ ޢިލްމަށް ޚިދުމަތްކުރުމުގައި ޢަމަލީގޮތުން މަސައްކަތްތައް ކޮށްފައިވާކަމުގެ ލިޔުންތަކާއި ވޭތުވެދިޔަ އަހަރު ތަރާވީޙް ނަމާދު އަމަލީގޮތުން ކުރައްވާފައިވާ ކަމުގެ ރެކޯޑިންގ.
- ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރާ ފަރާތްތަކަށް ހުއްދަ ހޯދުމަށް އެދި 31 މޭ 2015 (އާދީއްތަ) ދުވަހުގެ 14:30 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަންނަގޮތަށް ހަމަޖެހިފައި ނުވާ ވާހަކަވެސް ދެންނެވީމެވެ.
ނޯޓް: މިކަމަށް އެދި އެއްފަރާތަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލައްވާފައިވާނަމަ، މިކަމަށް ޝޯޓް ލިސްޓްކުރެވޭ ފަރާތްތަކުގެ މެދުގައި ޤުރުއާން ކިޔެވުމުގެ ޓެސްޓެއް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
24 މޭ 2015
ހޯދާ