ދިވެހިރާއްޖެ
އިޢުލާން
ބިޑް ހުށަހެޅުމުގެ ދަޢްވަތު:
ފ. ދަރަނބޫދޫގެ ހުޅަނގު ކޮޅުގައި ފަތުރުވެރިކަމަށް ޚާއްޞަ ކުރެވިފައިވާ ބިމުން، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދިނުމަށް ކަނޑައެޅިފައިވާ ބިންތަކުގެ ތެރެއިން 03 ( ތިނެއް ) ބިމެއް ކުއްޔަށް ދިނުމަށް 2024 ޖުލައި 17 ވަނަ ދުވަހުން ފެށިގެން ހުޅުވާލަމެވެ. އަދި އެ ބިންތައް ޑިޒައިންކޮށް، ތަރައްގީކޮށް، ހިންގައި މެނޭޖް ކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢްވަތު ކަމުގެ ޝައުގުވެރިކަން ހުރި ޤާބިލް ފަރާތްތަކަށް އަރުވަމެވެ.
ބީލަމާގުޅޭ މަޢްލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 2024 ޖުލައި 24 ވަނަ ދުވަހުގެ މފ 13:00 ގައި ދަރަނބޫދޫ ކައުންސިލް އިދާރާގައެވެ. މިބައްދަލްވުމަށް ޙާޟިރު ނުވާ ފަރާތްތަކަށް ބީލަމާގުޅޭ މަޢްލޫމާތުގެ ގޮތުގައި ފޯރުކޮށްދެވޭނީ މަޢްލޫމާތު ކަރުދާހެވެ. އަދި މަޢުލޫމާތު ކަރުދާހުގެ 02 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން މަޢްލޫމާތު ހޯދުމުގެ އިޚްތިޔާރު މަޢްލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބިގެންވެއެވެ.
ބީލަން ހުށަހެޅުން އޮންނާނީ 2024 ޖުލައި 31 ވަނަ ދުވަހުގެ މފ 13:30 ގައި ދަރަނބޫދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހިގެން ގެންނަ ބީލަން ތަކާއި މަޢުލޫމާތު ފުރިހަމަ ނުވާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ.
1. މި އިޢްލާނާއި ގުޅިގެން ދޫކުރެވޭ ބިންތައް ކުއްޔަށް ދޫކުރެވޭނީ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން މީލާދީ ގޮތުން 49 (ސާޅީސް ނުވައެއް) އަހަރުގެ މުއްދަތަށެވެ.
2. މި އިޢްލާނާއި ގުޅިގެން ބީލަން ހުށަހެޅުމުގެ ފުރުޞަތު ރާއްޖޭގެ ވިޔަފާރި ކުންފުނި ތަކަށާއި، ރާއްޖޭގައި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ބޭރުގެ ކުންފުނިތަކަށް ލިބިގެން ވެއެވެ.
4. ބީލަން ހުށަހެޅޭނީ ފ. ދަރަނބޫދޫ ކައުންސިލުން ވިއްކާ ބީލަން ފޯމު ގަނެފައިވާ ފަރާތްތަކަށެވެ. ފޯމެއްގެ އަގަކީ -/2000ރ. (ދެހާސްރުފިޔާ) އެވެ. މިއީ ފޯމު ގަތުމަށްފަހު އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.
5. ބީލަމާއެކު ހުށަހަޅަންޖެހޭ މަޢްލޫމާތު ހުށަހަޅާފައި ނުވާ ފަރާތަކަށް އެ މަޢްލޫމާތުތަކަށް ލިބެންވާ މާކުހެއް ނުލިބޭނެއެވެ.
6. އިޢްލާނުގައި ބަޔާންކޮށްފައިވާ 03 ( ތިނެއް ) ބިމުގެ ތެރެއިން އެ ފަރާތަކުން ހޯދަން ބޭނުންވާ ކޮންމެ ބިމަކަށް ވަކި ބީލަމެއް ހުށަހަޅަން ވާނެއެވެ. އަދި އެއް ބިމަކަށް އެއް ފަރާތަކަށް ހުށަހެޅޭނީ އެއް ބީލަމެވެ.
7. ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބިން ލިބޭ ފަރާތް ކަނޑައަޅަނީ ކައުންސިލުން އެކަމަށް ކަނޑައަޅާ ކޮމެޓީއަކުން ބީލަންތަކަށް މާކްސް ދީގެން، އެންމެ މަތިން މާކްސް ހޯދާ ފަރާތަކަށެވެ. ހުށަހަޅާ ބީލަންތަކަށް މާކްސް ދޭނީ ތިރީގައިވާ ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
(ހ) މި ބީލަން ކާމިޔާބުކުރާ ފަރާތް ކަނޑައަޅާނީ ބިން ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ބީލަންތައް ބަލައި، އަންނަނިވި އުޞޫލުގެމަތިން އެންމެ ގިނަ މާކްސް ލިބޭ ފަރާތް އެއީ ބީލަން ކާމިޔާބުކުރި ފަރާތް ކަމުގައި ބަލައިގެންނެވެ.
1. ބިމު ކުލީގެ ގޮތުގައި ދެއްކުމަށް ހުށަހަޅާ މިންވަރަށް މާކްސް ދެވޭނީ އަންނަނިވި ގޮތަށެވެ.
31 ވަނަ މަހުން ފެށިގެން 05 ވަނަ އަހަރުގެ ނިޔަލަށް ދެއްކުމަށް ހުށަހަޅާ ކުއްޔަށް
- 06 ވަނަ އަހަރުން ފެށިގެން 10 ވަނަ އަހަރުގެ ނިޔަލަށް ދެއްކުމަށް ހުށަހަޅާ ކުއްޔަށް
- 11 ވަނަ އަހަރުން ފެށިގެން 49 ވަނަ އަހަރުގެ ނިޔަލަށް ދެއްކުމަށް ހުށަހަޅާ ކުއްޔަށް %5
2. ރަށުގެ އިޖްތިމާޢީ ތަރައްޤީއަށް އަހަރަކު ޚަރަދުކުރުމަށް ހުށަހަޅާ މިންވަރަށް %30
3. މި މަޢްލޫމާތު ކަރުދާހުގެ 11(ރ) އިން ކޮށްދޭން ހުށަހަޅާ ކަންކަން %25
3. އިންވެސްޓްކުރުމަށް ހުށަހަޅާ މިންވަރަށް %5
4. މަސައްކަތުގެ ތަޖްރިބާ ހުރިކަން ސާބިތުކޮށްދީފައިވާ ވުން / މިންވަރ 10%
(ށ) ފޮއިންޓު ދިނުމަށް ކަނޑައެޅިފައިވާ ހުރިހާ ބަޔަކަށްވެސް ޕޮއިންޓު ދެވޭނީ ބެންޗްމާކިންގެ އުސޫލުންނެވެ. މިސާލަކަށް މަހުކުލީގެ ގޮތުގައި އެންމެ ބޮޑުއަގު ހުށަހަޅާފަރާތަކަށް ކަނޑައަޅާފައިވާ އެންމެ މަތީ އިންސައްތަ ލިބޭނެއެވެ. އަދި އިތުރު ފަރާތްތަކަށް ނިސްބަތުން ޖެހޭވަރެއް ލިބޭނެއެވެ.
(ނ) ރަށުގެ އިޖްތިމާއީ ތަރައްގީއަށް ޚަރަދު ކޮށްދޭނެ މިންވަރަށް ޕޮއިންޓް ދިނުމަށް ބަލާނީ ރަށުގެ އިޖްތިމާއީ ތަރައްގީއަށް ކޮށްދޭނެ ކަންތައްތަކާއި، އެ ކަންކަމަށް ހިނގާނެ ޚަރަދުތަކާއި، ރަށުގެ ކުލަބު ޖަމިއްޔާތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚިދުމަތްކުރުމަށް ހޭދަކުރުމަށް ހުށަހަޅާފައިވާ ފައިސާގެ މިންވަރަށެވެ.
(ރ) މަސައްކަތުގެ ތަޖުރިބާއަށް ޕޮއިންޓް ދެވޭނީ ކުރިން ކޮށްފައިވާ މިފަދަ މަސައްކަތްތަކާ ބެހޭ ފަންނީ ޤާބިލްކަން އަންގައިދޭ ރަސްމީ ލިޔުން ހުށަހަޅާ ފަރާތްތަކަށެވެ. ޕޮއިންޓް ދިނުމުގައި ބަލާނީ މި މަސައްކަތާއި ގުޅޭ ތަޖުރިބާގެ ބޮޑުކުޑަމިނަށާއި، ތަޖްރިބާގެ މުއްދަތަށެވެ.
(ބ) މާލީ ތަނަވަސްކަމަށް ކަނޑައަޅާފައިވާ ދިނުމުގައި ބަލާނީ ތަން ތަރައްގީކުރުމަށް ހުށަހަޅާފައިވާ މިންވަރަށް ތަން ތަރައްގީ ކުރެވޭނެކަން ކަށަވަރުކޮށްދީފައިވޭތޯއެވެ. އެގޮތުން އެންމެ ފަހު 06 (ހައެއް) މަސްދުވަހު، ހުށަހަޅާ ފަރާތުގެ އެކައުންޓްގައި ދައުރުވެފައިވާ ފައިސާގެ މިންވަރަށް، ނުވަތަ ތަން ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ހުރި ކަމުގެ ބޭންކް ގެރެންޓީއަށް، ނުވަތަ ފައިސާ ހޯދުމަށް މޯގޭޖް ކުރާނެ މުދާ ކުންފުނީގައި ހުރިތޯ ނުވަތަ ނޫންތޯ ބެލިދާނެއެވެ.
(ޅ) އެންމެ މަތީ މާކްސް ހޯދައިގެން ބީލަން ކާމިޔާބުކުރާ ފަރާތުން ބިން ލިބިގަތުމުގެ ފީ ނުދައްކައިފިނަމަ، ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ އެފަރާތުގެ ބީލަން ބާޠިލުކުރަން ޖެހިއްޖެނަމަ ދެވަނައަށް އެންމެ މަތީ މާކްސް ހޯދި ފަރާތުން ބީލަން ކާމިޔާބުކުރިކަމަށް ކަނޑައެޅުމުގެ، ނުވަތަ މުޅި ބީލަން އަލުން ހުޅުވާލުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެން ވެއެވެ.
(ކ) ދެވަނައަށް އެންމެ މަތީ މާކްސް ހޯދި ފަރާތަށްވުރެ މަދުން މާކްސް ހޯދި ފަރާތެއް އެއީ ބީލަން ކާމިޔާބުކުރި ފަރާތް ކަމަށް ބެލުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެނެއް ނުވެއެވެ.
8. ކޮންމެ ބިމަކަށް ވަކިން ހުށަހަޅާ ބީލްނތަކުގެ ތެރެއިން އެ ބިމަކަށް އެންމެ މަތިން މާކްސް ލިބުނު ފަރާތަށް ކަނޑައެޅުމާއެކު އެފަރާތަކަށް ބީލަން ކާމިޔާބު ކުރެވުނުކަމުގެ ލިޔުން ކައުންސިލުން ޙަވާލުކުރާނެއެވެ.
9. ބިލަން ކާމިޔާބު ކުރެވުނުކަމުގެ ލިޔުން ލިބޭތާ ރަސްމީ ބަންދު ނޫން 20 (ވިހި) ދުވަހުގެ މުއްދަތުގެ ތެރޭގައި ބިން ލިބިގަތުމުގެ ފީ ގެ ގޮތުގައި ކައުންސިލަށް ދެއްކުމަށް ބީލަމުގައި ބަޔާންކޮށްފައިވާ ފައިސާ ފ. ދަރަނބޫދޫ ކައުންސިލުގެ އިދާރާއަށް ދައްކަންވާނެއެވެ.
10. ބިން ލިބިގަތުމުގެ ފީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑަ ޢަދަދާއި، ސަރުކާރަށް ދައްކަންޖެހޭ ފީތަކާއި، ޓެކްސް ތަކުގެ އިތުރުން ބިމުކުލީގެ ގޮތުގައި ފ. ދަރަނބޫދޫ ކައުންސިލަށް ދެއްކުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގު ތިރީގައި އެވަނީއެވެ.
(ހ) ބިން ލިބިގަތުމުގެ ފީގެ ގޮތުގައި ބިމަކަށް ދެއްކުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ -/100000ރ. (އެއްލައްކަ ރުފިޔާ) އެވެ.
(ށ) ތަން ހެދުމަށް އިތުރު ކުއްޔެއް ދެއްކުމަކާއި ނުލައި ލިބޭ 30 (ތިރީސް) މަސްދުވަހަސް ހަމަވުމަށްފަހު، ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރި ތާރީޚުން ފެށިގެން 05 (ފަހެއް) އަހަރު ހަމަވުމާއި ހަމައަށް ބިމުކުލީގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ކުލިތަކާއި ޓެކުސްތަކުގެ އިތުރުން -/10000ރ. (ދިހަހާސް ރުފިޔާ)
(ނ) ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރި ތާރީޚުން ފެށިގެން 05 (ފަހެއް) އަހަރު ހަމަވުމަށްފަހު، ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރި ތާރީޚުން ފެށިގެން 10 (ދިހައެއް) އަހަރު ހަމަވުމާއި ހަމައަށް ބިމުކުލީގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ކުލިތަކާއި ޓެކުސްތަކުގެ އިތުރުން -/18000ރ. (އަށާރަހާސް ރުފިޔާ)
(ރ) ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރި ތާރީޚުން ފެށިގެނއެއްބަސްވުމުގެ މުއްދަތު ހަމަވުމާއި ހަމައަށް ބިމުކުލީގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭނަމަ ދައްކަންޖެހޭ ކުލިތަކާއި ޓެކުސްތަކުގެ އިތުރުން -/25000ރ. (ފަންސަވީސްހާސް ރުފިޔާ)
10. އިޢްލާނާއި ގުޅިގެން ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާނެ އިތުރު މަޢްލޫމާތު "މަޢްލޫމާތު ކަރުދާސް" ގެ ގޮތުގައި މި އިޢްލާނާއެކު ޢާއްމުކުރެވިފައި ވާނެއެވެ.
11. އިޢްލާނާއި ގުޅިގެން އެއްވެސް މަޢްލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން 6740015 ނަންބަރު ފޯނާއި ރަސްމީ ގަޑީގައި ގުޅުއްވުމުން މަޢުލޫމާތު ފޯރުކޮށްދޭނެއެވެ. މެއިލް އެޑްރެހަކީ [email protected] އެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.