ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގައި ހިންގާ ދީނީ ޖަމުޢިއްޔާ ތަކާއި ޖަމާޢަތް ތަކަށް އަމާޖުކޮށްގެން 4 ސެޕްޓެމްބަރ 2024ވާ ބުދަ ދުވަހުގައި މަހާސިންތާއެއް ބޭއްވުމަށް ވަނީ ޤަޞްދުކުރެވިފައެވެ. މި މަހާސިންތާގެ ޝިޢާރަކީ "ހެޔޮކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީ ކުރުމުގައި އެއްބާރުލުން" އެވެ. އަދި މި މަހާސިންތާ ބޭއްވުމުގެ މަޤްޞަދަކީ ހެޔޮކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީ ކުރުމުގައި ދީނީ ޖަމުޢިއްޔާތަކުގެ ދައުރު ފުޅާކުރުމާއި، ދީނީ ޖަމްޢިއްޔާތައް ބާރުވެރި ކުރުވައި، މިމިނިސްޓްރީ އާއި ގުޅިގެން މުޖްތަމަޢުގައި މަސައްކަތް ކުރުމުގެ ރޫޙް އާލާކުރުމެވެ. އަދި މި މަހާސިންތާގައި މާލެއާއި އަތޮޅުތެރޭގައި ޙަރަކާތްތެރިވާ ދީނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކަށް ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި ދަންނަވަމެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުން ފުޅުވާނަމަ މިމިނިސްޓްރީގެ ނަންބަރު 9190923- 7638027 އާއި ގުޅުއްވުމަށް ދަންނަވަމެވެ. ގޫގުލް ފޯރމް ލިންކް : https://forms.office.com/r/kvimJwW2SW ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ. 10 مُحَرَم 1446 17 ޖުލައި 2024
|