ލޯޔަރ
|
މަޤާމު
|
02
|
ބޭނުންވާ އަދަދު
|
-/10,400 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/13,000 ރުފިޔާ)
|
މުސާރަ
|
- ޤާނޫނީ ރޮނގުން މާސްޓަރސް ލެވެލްގެ ސެޓްފިކެޓް ލިބިފައިވުން ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓްތަކުގައި ވަކާލާތުކުރުމުގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓްތަކުގައި ވަކާލާތުކުރުމުގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
އަސާސީ ޝަރުޠު
|
- ވިޔަފާރީގެ އެކިއެކި މަޢުލޫމާތުތަކުގައި ކުންފުންޏަށް ލަފާދިނުމާއި، ކުންފުންޏަށް އެކިއެކި ފަރާތްތަކުން ދޭންޖެހޭ ފައިސާއާއި ތަކެއްޗާއި އަދި ޚިދުމަތް ހޯދުމާއި އެކިއެކި މަސައްކަތްތަކުގައި ކުންފުނީގެ ފަރާތުން ދައުވާ ހުށަހެޅުމާއި، ކުންފުންޏަށް ދައުވާ ލިބޭ މައްސަލަތަކުގައި ކުންފުނީގެ ދިފާއުގައި ވަކާލާތު ކުރުމާއި ނުވަތަ ކުންފުންޏަށް ޤާނޫނީ ގޮތުން ލިބެންޖެހޭ ޙައްޤުތަކާއި އަދި ކުންފުނިން ޤާނޫނީ ގޮތުން އަދާކުރަންޖެހޭ ވާޖިބުތަކާ ބެހޭގޮތުން ކުންފުންޏަށް ލަފާދިނުން.
- ކޯޓުތަކުގައާއި ސަަރުކާރު ހިއްސާވާ އެޖެންސީތަކުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ތަމްސީލުކުރުން.
- މައްސަލަތައް ހުށަހެޅުމަށާއި މައްސަލަތަކުން ދިފާޢުވުމަށްޓަކައި ޤާނޫނީ މަޢުލޫމާތު މުރާޖަޢާކޮށް ލަފާދިނުން.
- އެމް.ޕީ.އެލް އިން ހަދާ ޤާނޫނީ ލިޔުންތަކާއި ޕޯޓް ގަވާއިދުތަކާއި ޕޭޓެންޓް އެޕްލިކޭޝަންތަކާއި، ރަހުނާއި، ލީސް އަދި ކޮންޓްރެކްޓްތައް ޑްރާފްކޮށް ތައްޔާރުކުރުން.
- ޤާނޫނީގޮތުން އެމް.ޕީ.އެލްގައި ކުރަންޖެހޭ އިދާރީ އަދި ހިންގުމާ ބެހޭ ކަންތައްތައް ކުރުން.
- ޤާނޫނުތަކާއި ގަވާއިދުތައް ޑްރާފްޓްކުރުމާއި ތަރުޖަމާ ކުރުމާއި އަދި މިފަދަ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޛުކުރުމަށް ބޭނުންވާ އިޖުރާއި ކަންތައްތައް ކުރުން.
|
މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު
|
(ދުވާލަކު 08 ގަޑިއިރު)
|
މަސައްކަތްކުރަންޖެހޭ ގަޑި
|
- މަޤާމަށް އެދިހުށަހަޅާ ސިޓީ
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހިވަޑައިގަންނަވާ ސެޓްފިކެޓްތައް އެކްރެޑިޓް ކުރައްވައި އަދި އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ކުރިން ވަޒީފާއަދާކޮށްފައިވާނަމަ ވަޒީފާއަދާކުރިކަމުގެ ލިޔުން
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ފޯން ނަންބަރާއެކު)
|
ވަޒީފާތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި
|
01 ޖޫން 2012 ވާ ހޯމަ ދުވަހުގެ 15:30ގެ ކުރިން.
|
ސުންގަޑި
|
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ރިސެޕްޝަން ކައުންޓަރަށް.
ފޯން: 3329339 ފެކްސް: 3325293 އީމެއިލް: [email protected]
|
ސިޓީ ހުށަހަޅަންޖެހޭ އޮފީސް
|
ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
މި މަޤާމަށް ހޮވޭ ބޭފުޅެއްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ އެ ބޭފުޅެއްގެ ތަޢުލީމާއި ތަޖުރިބާއަށް ބަލާފައެވެ.
|