ދިވެހިރާއްޖެ
މިމިނިސްޓްރީގެ ނަންބަރު (IUL)138-IS1/138/2015/12 ގެ އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.
މިމިނިސްޓްރީގެ ފަރާތުން ހިންގާ ކޮންސްޓްރަކްޝަން އެވެއަރނަސް ޗެލެންޖަށް ހުށަހަޅާފައިވާ 3D މޮޑެލް އާއި ވޯލް އާޓް ތަކުގެ މަޢުރަޒެއް ބާއްވައި، ވަނަ ވަނައަށް ހޮވޭ ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ. އެގޮތުން މަޢުރަޒު އަދި އިނާމު ދިނުމުގެ ރަސްމިއްޔާތު ހަމަޖެހިފައިވަނީ ތިރީގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިންނެވެ.
# |
|
ދައުވަތު ދީފައިވާ ފަރާތްތައް |
ތާރީޚު |
ގަޑި |
1 |
އިނާމު ދިނުމުގެ ރަސްމިއްޔާތު |
ދައުވަތު އަރުވާފައިވާ މެހެމާނުންް އަދި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތްތައް |
28 މޭ 2015 |
20:00-22:00 |
2 |
މަޢުރަޒު |
އާންމުކޮށް ހުޅުވާލާފައި
|
29 މޭ 2015 |
16:00-18:00 |
20:00-22:00 |
||||
3 |
30 މޭ 2015 |
16:00-18:00 |
ވީމާ، މިކަން އަންގައި އިޢުލާނު ކުރަމެވެ.
2 ޝަޢުބާން 1436ޙ