މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ފްރައިޓް ފޯވަރޑިންގެ ޚިދުމަތްދޭ ފަރާތްތަކާއި އެއަރކްރާފްޓް އޮޕަރޭޓަރ އަދި އެއަރކްރާފްޓް އޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓުން ކަސްޓަމްސްގައި ރަޖިސްޓްރީކުރުމާއި ގުޅޭ

      ގަވާއިދު ނަންބަރު 2011/R-41 (ކަސްޓަމްސްގެ ޢާންމު ގަވާއިދު) އަށް ގެނެވުނު 13 ވަނަ އިސްލާޙާ ގުޅިގެން، ފްރައިޓް ފޯވަރޑިންގެ ޚިދުމަތްދޭ ފަރާތްތަކާއި އެއަރކްރާފްޓް އޮޕަރޭޓަރ ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓުން ކަސްޓަމްސްގައި ރަޖިސްޓަރީވާންޖެހެއެވެ.

      ވީމާ، ފްރައިޓް ފޯވަރޑިންގެ ޚިދުމަތްދޭ ފަރާތްތަކާއި އެއަރކްރާފްޓް އޮޕަރޭޓަރ ނުވަތަ އެއަރކްރާފްޓް އޮޕަރޭޓަރުގެ އޮތޮރައިޒްޑް އޭޖެންޓުން ކަސްޓަމްސްގެ MCS-155 ނަންބަރު ފޯމު (ޚިދުމަތްތައް ރަޖިސްޓަރީ ކުރުމަށާއި ކެންސަލް ކުރުމަށް އެދޭ ފޯމު) ހުށަހަޅައި ކަސްޓަމްސްގައި ރަޖިސްޓަރީ ވުމަށް ދަންނަވަމެވެ.

      31 އޮގަސްޓް 2024 ގެ ފަހުން ކަސްޓަމްސްއިން ޚިދުމަތް ދެވޭނީ ކަސްޓަމްސްގައި ރަޖިސްޓަރީވެފައިވާ ފްރައިޓު ފޯވަރޑަރުންނަށް ކަމުގައި ދަންނަވަމެވެ.

      މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ޖުލައި 2024
ހޯދާ