ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ އިންފާރު ރޭނުމާއި، ސާފްކުރުމަށް އިތުރު ފުރުޞަތު ދިނުމާއި، ގުޅޭ (.)

 އިޢުލާން

 

ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ އިންފާރު ރޭނުމާއި، ސާފްކުރުމަށް އިތުރު ފުރުޞަތު ދިނުމާއި، ގުޅޭ (.)

 

                       ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި ތަކުގެ އިންފާރު ރޭނުމާއި، ސާފްކުރުމަށް 05 މެއި 2024 ވަނަ ދުވަހު މިއިދާރާއިން ކޮށްފައިވާ ނަންބަރ: (IUL)407-MS407/407/2024/26 އިޢުލާނަށް ދީފައިވާ މުއްދަތު ހަމަވުމާއި، ގުޅިގެން ގިނަބައެއްގެ ފަރާތުން މުއްދަތު އިތުރުކުރުމަށް އެދި މިއިދާރާއަށް ސިޓީން ހުށަހަޅާފައިވާތީ، މިއަދުން ފެށިގެން 2 މަސް ދުވަހުގެ ( 16 ޖުލައި 2024 އިން 16 ސެޕްޓެމްބަރ 2024 ވަނަ ދުވަހާއި ހަމަޔަށް ) އިތުރުފުރުސަތު ދިނުމަށް ނިންމައިފައިވާ ވާހަކަ އަންގަމެވެ.  މިމުއްދަތު ތެރޭގައި މިގޮތަށް އަމަލު ނުކުރާފަރާތްތަކާއި މެދު އިތުރު ފުރުޞަތެއް ދިނުމެއް ނެތި ޤާނޫން ނަންބަރ 2002/1 (23.05.2002) ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގެ "ހ"ށ" ގައިވާ ގޮތުގެމަތިން ގޯތި ވަކިކުރުމުގެ މަރުޙަލާތަށް ކުރިއަށްދާނެ ވާހަކަވެސް ޢާއްމުކޮށް އަންގަމެވެ. އަދި މިއަހަރު ދިނުމަށް ހަމަޖެހިފައިވާ ގޯތިތަށް ދިނުމުގައި މިދެންނެވި އިޢުލާނާއި ޚިލާފްވެފައިވާ ގޯތިތަށް ވަކިކޮށް އެގޯތިތަށް ހިމަނައިގެން އަލުން ގޯތި ދެވޭނެ ވާހަކަވެސް ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

 

17 ޖުލައި 2024
ހޯދާ