މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ފައިލްތަކާއި އެހެނިހެން ބައެއް ތަކެތި ރައްކާކުރުމަށް 3 އަހަރުގެ ދުވަހުގެ މުއްދަތަށް ގުދަނެއް ނުވަތަ އެޕާޓްމެންޓެއް ކުއްޔަށް ހިފުން.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް 2024 ޖުލައި 22 ގެ 14:00 ގެ ކުރިން [email protected] އަށް (އިޢުލާން ނަންބަރ، ކުންފުނީގެ ނަން، ނަމާއި އީ-މެއިލް އަދި ފޯނު ނަންބަރ) އީ-މެއިލް ކުރެއްވުން އެދެމެވެ. ބިޑް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2024 ޖުލައި 30 ދުވަހުގެ ހެނދުނު 11:00 ގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އުމަރު ޒާހިރު އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާގައިއެވެ. މި އިއުލާނާއެކު ބީލަން މަޢުލޫމާތު ޝީޓް ހިމެނޭހެން   ގެޒެޓް ކުރެވިފައިވާނެއެވެ.

ޝައުގުވެރިކަން ފާޅު ކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މި އޮތޯރިޓީން އިރުޝާދު ދޭ ގޮތަކަށެވެ.

 

ޖެނެރަލް އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމަންޓް އެންޑް ސަޕޯރޓް ޔުނިޓް

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

5 ވަނަ ފަންގިފިލާ، އުމަރު ޒާހިރު އޮފީސް އިމާރާތް

އޯކިޑްމާ ހިނގުން، ހުޅުމާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]       ފޯން: 3026656 /  3026676

17 ޖުލައި 2024
ހޯދާ