މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރ

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މިމިނިސްޓްރީން ހިންގަމުންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑައިވަރސިފިކޭޝަން ޕްރޮގްރާމް މަޝްރޫޢަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއެވެ.

2 (އެކެއް)

ބޭނުންވާ އަދަދު:

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރ

މަޤާމު

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ)

ސެކްޝަން

ފ. މަގޫދޫ (ފާފް މަގޫދޫ ކޯޕަރޭޓިވް ސޮސައިޓީ)، ޏ. ފުވައްމުލައް (ފުނާޑް ޑިވެލޮޕްމަންޓް ކޯޕަރޭޓިވް ސިސައިޓީ)

މަސައްކަތް ކުރަންޖެހޭ ތަން

06 މަސް

ވަޒީފާގެ މުއްދަތު

މުސާރަ: -/7،000 - -/10،000 ރުފިޔާ (ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖްރިބާއަށް ބަލާފައި)

މުސާރަ

  • ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން.
  • ފީލްޑްގައި މަސައްކަތްކުރުމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން. މިމަޤާމްތަކަށް މުވައްޒަފުން ހޮވުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
  • އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރުމާއެކު ރިޕޯޓު ތައްޔާރުކުރުމުގެ ޤާބިލުކަން ހުރި ފަރާތެއްކަމުގައި ވުން
  • މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޝަރުޠު

މި މަޤާމުތަކުގައި ކުރަންޖެހޭ މަސައްކަތުގެ ތަފުސީލީ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" ހޯދުމަށް ގުޅުއްވާނީ 3341836 އަށް ނުވަތަ ތިރީގައިވާ އެޑްރެސްތަކަށް އީމެއިލް ކުރައްވާ [email protected]  

ވަޒީފާގައި ކުރަން ޖެހޭ މަސައްކަތް

  • ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު
  • ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާ ސޮއިކޮށްފަ)
  • ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

މަތީގައި ދެންނެވިފައިވާ މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ޖޫން ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރާނީ؛

މާލެއިން ނަމަ:

ޕްރޮގްރާމް މެނޭޖަރ

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް

ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުން

މަތީގައި ދެންނެވިފައިވާ ރަށުން ނަމަ:

ރަށު ކައުންސިލް އަށް ހުށަހެޅުއްވުން އެދެމެވެ.

މިވަޒީފާތަކަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު އަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަންޏެވެ.

05 ޝަޢުބާން 1436

25 މޭ 2015
ހޯދާ